އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް 2023، ރައީސް ހުޅުއްވައިދެއްވައިފި

އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް 2023، ރައީސް ހުޅުއްވައިދެއްވައިފި

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް "އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް 2023″ ހުޅުއްވައިދެއްވައިފިއެވެ.

މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު، މާލެއަތޮޅު ތުލުސްދޫގައެވެ. އިންޓަރނޭޝަނަލް ސާރފިން އެސޯސިއޭޝަންގެ އޭޝިއަން ސަރފިންގ ފެޑެރޭޝަން އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން ގުޅިގެން ރާއްޖޭގައި ބާއްވާ މިމުބާރާތް އޮންނާނީ ޖުލައި މިއަދުން ފެށިގެން މިމިހުގެ 17 އަށެވެ.

މުބާރާތް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިމުބާރާތް ހުޅުވައިދެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއްކަން ފާހަގަކުރައްވައި، މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކާމިޔާބީއަށް އެދި ވަޑައިގެންނެވިއެވެ.

މިމުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޚުލޫފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭޝިއާ ސަރފިންގ ފެޑެރޭޝަންގެ ރައީސާއި މުބާރާތުގައި ބައިވެރިވި ޤައުމުތަގެ އެތުލީޓުން ބައިވެރިވެފައިވެއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއަން ފެޑެރޭޝަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. މީގެ އިތުރުން މިރަސްމިއްޔާތުގެ ތެރެއިން، ކުރިޔަށް ގެންދިޔަ "ސޭންޑް ސެރަމަނީ" ހަރަކާތުގައި، މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ އެތްލީޓުން ވަނީ ބައިވެރިވެފައެވެ. ސޭންޑް ސެރަމަނީ ހަރަކާތް ރަމްޒުކޮށްދެނީ، އެތުލީޓުން ތަފާތު ސަޤާފަތްތަކާއި އާދަކާދަތަކަށް ނިސްބަތްވި ނަމަވެސް އެތުލީޓުންގެ މެދުގައި އޮންނަ ކުޅިވަރުގެ ރޫޙާއި އެއްބައިވަންތަކަމެވެ.

"އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް 2023″ ހުޅުއްވައި ދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މުބާރާތަށް ތައްޔާރުކުރެވިފައިވާ ތަންތަން ބައްލަވާލައްވާފައެވެ.

އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްއަކީ، 2004ވަނަ އަހަރުން ފެށިގެން އޭޝިއާގެ ހުރިހާ ޤައުމުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އޭޝިއާގެ އެންމެ ބޮޑު ރާޅާއެޅުމުގެ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ 18 ޤައުމަކުން ވަނީ ބައިވެރިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ