ކާރެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، މީހަކަށް އަނިޔާއެއް ނުވޭ

ކާރެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، މީހަކަށް އަނިޔާއެއް ނުވޭ

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 10:17
0

މާލޭގައި މިރޭ ދުއްވަމުންދިޔަ ކާރެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މިރޭ 19:17 ހާއިރު، ދަނާލު ކައިރިން ދުއްވާފައިދިޔަ ކާރެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ ޓީމުން އެސަރަހައްދަށް ގޮސް އަލިވާން ނިންމާވާލަފައެވެ. މިހާދިސާގައި އަލިފާން ރޯވެފައިވަނީ ކާރުގެ ކުރީ އިންޖީން ރޫމުގައެވެ. ރޯވި ވަގުތު ބޮޑު އަލިފާންގަނޑެއް ރޯވި މަންޒަރު ފެންނަ ފޮޓޯތަކެއްވެސް އެމްއެންޑިއެފްއިން ވަނީ ހިއްސާކޮށްފައެވެ.

ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.