ރައީސް މައުމޫނަށް އަދުރޭގެ ބޮޑެތި ތުހުމަތުތަކެއް!

ރައީސް މައުމޫނަށް އަދުރޭގެ ބޮޑެތި ތުހުމަތުތަކެއް!

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 10:50
0

ރާއްޖޭގައި މިއަދު އޮތް ވެރިކަމަަށް ތާއީދުކޮށް ރައީސް މައުމޫން މަސައްކަތް ކުރައްވަމުންދަނީ އަމިއްލަ މަސްލަހަތާއި، ޕާޓީގެ ސޮލޮޓްތަކުގެ ހައްގުގައިކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ގެ ހޫނު ރައްދު ތަކެއް ރައީސް މައުމޫނަށް ދެއްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް މައުމޫން، ރައީސް ޔާމީންގެ ވެރިކަމަކީ އަނިޔާވެރި، ވެރިކަމެއްކަމަށް ވިދާޅުވާއިރު، ރައީސް މައުމޫންގެ ވެރިކަމަކީ އެތައް ބަޔަކަށް އަނިޔާކޮށް، އެތައްބައެއްގެ ފުރާނަވެސް ދިޔަ ހިތާމަވެރި އަނިޔާވެރި ވެރިކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫން އަނިޔާގެ ވާހަކަ ދައްކަން މިއަދު ލަދު ގަންނަންޖެހޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައި އެނަންބޯޑު ބޭނުންކޮށްގެން ރައީސް މައުމޫން ރައީސް ޔާމީންގެ އިސްތަށި ފުޅުގައި އެކި އިލްޒާމު އަޅުވާއިރު، ރައީސް މައުމޫންގެ އަނިޔާވެރިކަމަކީ ހުދު އޭނާއަށްވެސް ލިބިފައިވާ އަނިޔާތަކެއް ކަމަށެވެ. އެތައް ދުވަހު ޖަލުގައި އޮވެ، އެތައް ދުވަހަކު އަނދަގޮޑީގައި އޮވެ، އަރުވާލާފައިވާއިރު އެވާހަކަތައްވެސް މިހާދުވަހު ނުދައްކަވައި ހުރީ ސަބަބުތަކަކަށް ޓަކައި ކަމަށް އޭނާ ވިދާޅުވިވެއެވެ.

އަޅުގަނޑު ގެންގޮސް އަޅުގަނޑުގެ ކައިރީގައި ރައީސް މައުމޫން ވިދާޅުވީ ތިމަންނަގެ ލެގަސީ ދުއްވާލާށޭ ޔާމީން ނިކުތީ. އަޅުގަނޑުގެ ގާތުގައޭ ވިދާޅުވީ. އަނިޔާގެ ވާހަކަ ރައީސް މައުމޫން ދައްކަން ލަދު ގަންނަންޖެހޭނެ. އަޅުގަނޑުމީ ރައީސް މައުމޫގެ ވެރިކަމުގައި އަނިޔާ ލިބުނު މީހެއް. އަޅުގަނޑު ޖަލަށް ލިޔޭ، އަދަނގޮޑި ޖެހިއޭ. ރައީސް މައުމޫން ރައީސް ޔާމީންގެ އަނިޔާގެ ވާހަކަ ދައްކަން ލަދު ގަންނަންޖެހޭ. ކިތައް މަރުތޯ ދިޔައީ، ކިތައް މީހުންނަށްތޯ އަނިޔާކުރީ. މިކަހަލަ ކިތަންމެ ވާހަކައެއް ދެއްކިދާނެ.

– އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާގެ ވާހަކަ ދައްކަވާނަމަ ރައީސް މައުމޫން ދައްކަވާއިރު، ރައީސް މައުމޫންގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކައި އެކަން ސާބިރުކުރަން ޗެލެންޖު ކުރާކަމަށެވެ. ރައީސް މައުމޫން މިއަދު މަސައްކަތް ކުރައްވަނީ ޤައުމާއި ރައްޔިތުންގެ ހައްގުގައިކަމަށް ވިދާޅުވެ އަމިއްލަ ޕާޓީއާއި އަމިއްލަ ދަރިފުޅާއި، އަމިއްލަ ޕާޓީއަށް ސަރުކާރުގެ ތެރެއިން ލިބިފައިވާ ސްލޮޓްތައް ހިމާޔަތް ކުރުމަށް ކަމުގައެވެ. އެއްވެސް ހާލެއްގައި ރައީސް މައުމޫން މަސައްކަތް ކުރައްވަނީ ޤައުމާއި ރައްޔިތުންނަށް ހެޔޮއެދިގެން ނޫންކަމަށެވެ. އޭނާ ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާދިން ބައެއް މީހުންގެ ނަންތައް ހާމަކޮށް އޭގެ ތެރެއިން ބައެއް މީހުން ވަރުވެދިޔަ ގޮތާއި، ބައެއް މީހުންނަށް ދިމާވި ހާދިސާތައްވެސް ހިއްސާކޮށްފައެވެ.

މިއީ އަބްދުއްރަހީމް ރައީސް މައުމޫނާއި ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ދެއްކެވި ފުރަތަމަ ފަހަރެވެ. ރައީސް މައުމޫނަށް ނިސްބަތްކޮށް ސިޔާސީ ރައްދު ތަކެއް މީގެ ކުރިން ދެއްވި ނަމަވެސް މިފަދަ ސީރިއަސް ވާހަކަ ތަކެއް އަދި ތުހުމަތުތަކެއް ކުރައްވައި މިއީ އަބްދުދުއްރަހީމް ވާހަކަ ދެއްކެވި ފުރަމަ ފަހަރުކަންވެސް ފާހަގަކޮށްކެވެއެވެ. އޭނާ ވިދާޅުވީ މިފަދަ ވާހަކަތައް ހާމަކުރަންޖެހުނީ ވަރަށް ދުވަހު ކެތް ކުރުމަށްފަހު، ރައީސް ޔާމީނަށް ލިބެމުންދާ އަނިޔާތަކާއި ދެކޮޅަށް ރައީސް މައުމޫނަށް އެއްވެސް އެއްޗެއް ބުނަން ނުކެރުމުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.