ކޯވިޑް-19: އިތުރު 36 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 36 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 09:59
0

ރާއްޖެއިން އިތުރު 36 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 32 މީހުންނެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވް ވެފައިވަނީ 4 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 13106 އަށް އަރާފައެވެ.

ރޭ އިރުއޮއްސި 18:00އިން މިރޭގެ އިރުއޮއްސި 18:00 އާއި ހަމައަށް ބަލިން ރަނގަޅުވެފައި ވަނީ 153 މީހެކެވޭ. މިއަދު ރަނގަޅުވި 153 މީހުންނާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ 12154 އަށް ވަނީ އަރާފައެވެ. ކޯވިޑް-19ގެ ބަލިމީހުންގެ ގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ 898 މީހުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 47 މީހަކަށެވެ. ރާއްޖޭގައި ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1801 ސާމްޕަލާއިއެކު މިހާތަނަށް 249،994 ސާމްޕަލެއް ވަނީ ނަގާފައެވެ.

ރާއްޖެއިން މި ބަލާިގައި މިހާރު ވަނީ 47 މީހަކު ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.