ޚައްޖަ އާންޓީއަކީ ދަރިވަރުންނާއި ބެލެނެވެރިންގެ ލޯބި ހޯދި ޚިދުމަތްތެރިއެއް!

ޚައްޖަ އާންޓީއަކީ ދަރިވަރުންނާއި ބެލެނެވެރިންގެ ލޯބި ހޯދި ޚިދުމަތްތެރިއެއް!

ޚަދީޖާ ހުސެއިން (ހައްޖަ އާންޓީ)އަކީ ދަރިވަރުންނާއި ބެލެނެވެރިންނާއި އެކުގައި މަސައްކަތް ކުރެއްވި، ބޭފުޅުންގެ ލޯތްބާއި އިތުބާރު ހޯއްދަވަފާއިިވާ ބޭފުޅެއް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޚަދީޖާ ހުސެއިން، އަލް މަދަރުސަތުލް އަމީރު އަހުމަދު ޕްރީ ސްކޫލުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ވަނީ އެސްކޫލުގެ މުދައްރިސު ކަމާއި، ލީޑިން ޓީޗަރުކަމާއި، ޕްރިންސިޕަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ. އޭގެ ފަހުން ހުޅުމާލޭ ފޭސް ދޭއްގައި ކިޔައިދޭ މުޙައްމަދު ޤާސިމމް ޕްރީ ސްކޫލުގެ އެންމެ ފުރަތަމަ ޕްރިންސިޕަލްގެ މަޤާމުވެސް އަދާކުރެއްވިއެވެ.

ޚަދީޖާ ހުސެއިންއަކީ ދަރިވަރުންނާއި ބެލެނެވެރިންނާއި އެކުގައި މަސައްކަތް ކުރެއްވި، ބޭފުޅުންގެ ލޯތްބާއި އިތުބާރު ހޯއްދަވަފާއިިވާ ޚިދުމަތްތެރި ބޭފުޅެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޚަދީޖާ ނިޔާވުމަކީ މުޅި ތަޢުލީމީ ދާއިރާއަށް ލިބިގެންދިޔަ ފުން ހިތާކަމެއް ކަމަށެވެ. މިހިތާމަވެރި ދަނޑިވަޅުގައި އެމިނިސްޓްރީން ވަނީ މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށް، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

ޚަދީޖާ ނިޔާވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރަށް ފަރުވާ ހޯދުމަށްފަހުއެވެ. "ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޚަދީޖާ ނިޔާވީ މާލޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *