ކާތިކް ގެ ކުރިއަށް އޮތް ފިލްމަކީ "ޗަންދޫ ޗެމްޕިއަން"

ކާތިކް ގެ ކުރިއަށް އޮތް ފިލްމަކީ "ޗަންދޫ ޗެމްޕިއަން"

Author
ފާތިމަތު ނާވީ
08 ޖުލައި 2023 08:16
0

ބޮލީވުޑްގައި މިވަގުތު އެންމެ ޑިމާންޑު ބޮޑު، ޒުވާން އެކްޓަރ ކާތިކް އާރިޔާންގެ ކުރިއަށް އޮތް ޕްރޮޖެކްޓް އިއުލާން ކޮށްފިއެވެ.

މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން 14 ގައި އެވެ. މި ފިލްމަކީ ކާތިކް މިދިޔަ އަހަރު ސޮއިކުރި، ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމެކެވެ. ފިލްްމްގެ ނަމަކީ "ޗަންދޫ ޗެމްޕިއަން"އެވެ.

"ޗަންދޫ ޗެމްޕިއަން" ގެ ޕްރޮޑިއުސަރަކީ މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކާތިކްގެ "ސަތިއަޕްރޭމް ކީ ކާތާ" ގެ ވެސް ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ އެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

"ޗަންދޫ ޗެމްޕިއަން" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމުން ކާތިކް ފެނިގެންދާނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލުންނެވެ. މި ފިލްމާ ގުޅޭ މާގިނަ މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.

"އޭކް ތާ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ޑާއިރެކްޓް ކޮށްދިން ކަބީރް ޚާންގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގާއެކު 2021 ގައި ގެނެސްދިން ކްރިކެޓް ފިލްމު "83″ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.