ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "އެނިމަލް"ގެ މަސައްކަތް ލަސްވަމުން ދަނީ އެ ފިލްމުގައި ހިމެނޭ 35 ލަވައިގެ މަސައްކަތް ކުރަން ޖެހޭތީ ކަމަށް ފިލްމުގެ ޑައިރެކްޓަރ ސަންދީޕު ރެޑީ ވެންގާ ބުނެފިއެވެ.
އަންނަ އޯގަސްޓު 11 ވަނަ ދުވަހަށް ރިލީޒް ކުރުމަށް ތާވަލް ކުރި ނަމަވެސް ފިލްމު ލަސްކޮށްފައިވަނީ ރަނގަޅު ކޮލެޓީގެ ފިލްމެއް ގެނެސްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށް ސަންދީޕް ވަނީ ބުނެފައިއެވެ.
މިހާރު ފިލްމު އެޅުވުމަށް ތާވަލް ކޮށްފައިވަނީ ޑިސެމްބަރުމަހަށެވެ. ނަމަވެސް ފިލްމު އަޅުވާނެ ސީދާ ތާރީހެއް ހާމައެއް ނުކުރެއެވެ. މި ފިލްމްގެ ކުރު ޓީޒާ ކޮޅެއްވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފައެވެ.
ފިލްމް ލަސްކުރުމާއި ބޭހޭގޮތުން ސަންދީޕް ކުރި ޓްވިޓެއްގައި ބުނެފައިވަނީ، މި ފިލްމު ފަސް ބަހަކުން ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފިލްމުގައި 7 ލަވަ ހިމެނިފައި ވުމުން ކޮންމެ ބަހަކުން ވެސް މި ލަވަތަށް ގެނެސްދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮންމެ ލަވައެއް ވެސް ހަތް ބަހުން ނެރެން ޖެހޭތީ ތަފާތު 35 ލަވައެއްގެ މަސައްކަތް ކުރަން ޖެހޭކަމަށާއި އެއީ ވަރަށް ގިނަ މަސައްކަތް ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެއީ ވަރަށް ގިނަ ވަގުތާއި ވަރަށް ބައިވަރު މަސައްކަތް ކަމަށް އޭނާ ވަނީ ބުނެފައިއެވެ. މި ފިލްމު ހިންދީ، ތެލުގޫ، ތަމަޅަ، ކަންނަޑާ އަދި މަލަޔާލަމް ބަހުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
#1stDecemberANIMALrelease@AnilKapoor #RanbirKapoor @thedeol @iamRashmika@tripti_dimri23 @imvangasandeep #BhushanKumar @VangaPranay @MuradKhetani #KrishanKumar @anilandbhanu @VangaPictures @TSeries @rameemusic @cowvala #ShivChanana @neerajkalyan_24 @sureshsrajan pic.twitter.com/EAGLNTaEy9
— Sandeep Reddy Vanga (@imvangasandeep) July 3, 2023
"އެނިމަލް"ގެ މުހިންމު ރޯލުތަކުން ރަންބީރު ކަޕޫރުގެ އިތުރުން އަނިލް ކަޕޫރު، ބޮބީ ޑިއޯލް، ތުރިޕްތީ ދިމްރީ އަދި ރަޝްމީކާ މަންދާނާ ފެނިގެންދާނެވެ.
ކޮމެންޓު ފޮނުވާ