ޕާސްޕޯޓުގެ ޚިދުމަތް މިއަދުން ފެށިގެން ރޭގަނޑު 9 އަކާއި ހަމައަށް ލިބޭނެ

ޕާސްޕޯޓުގެ ޚިދުމަތް މިއަދުން ފެށިގެން ރޭގަނޑު 9 އަކާއި ހަމައަށް ލިބޭނެ

ދިވެހި ޕާސްޕޯޓްގެ ޚިދުމަތަށް ގެނައި ލުއިފަސޭހަ ބަދަލުތަކާއި އެކު، ރޭގަނޑު 21:00 އާއި ހަމައަށް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާސްޕޯޓުގެ ޚިދުމަތަށް އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް "އިމުގާ" އިން އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު 2020ގައި ހުޅުވާލާފައި ވާއިރު، އޭގެ ފަހުން މިހާތަނަށް އޮންލައިންކޮށް 125,600 އަށްވުރެ ގިނަ މީހުން ސްޕޯޓު ހައްދާފައިވާ ކަމަށެވެ. މިއީ އަންދާޒާ ކުރި ވަރަށްވުރެ އެތައް ގުނައެއް އިތުރު އަދަދެއް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ޕާސްޕޯޓުގެ ޚިދުމަތަށް އެދެވުން ވެގެން ދާނީ އެތަށް ގޮތަކުން ލިބޭ ލުއި ފަސޭހައކަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެގޮތުން މިފަހަރު މި ގެނެވުނު ލުއިފަސޭހަތަކުގެ ތެރޭގައި:
  1. ފޯމް ފުރިހަމަކޮށް، ސްކޭންކޮށް އަޕްލޯޑު ކުރަން ނުޖެހުން
  2. އައި.ޑީ ކާޑު އަދި ކުރީގެ ޕާސްޕޯޓުގެ ކޮޕީ ދެން ބޭނުމެއް ނުވާނެ
  3. ހުދު ކަރުދާސްގަނޑެއްގައި ސޮއި ކޮށްލުމަށްފަހު ފޮޓޯއެއް ނަގައި އަޕްލޯޑްކޮށްލުން
  4. އީފާސް މެދުވެރިކޮށް ލޮގިން ވެވުން
  5. ދެ ޝިފްޓަށް ސްޓާފުން ބަހާލައި ޚިދުމަތް ދޭ ވަގުތު އިތުރުކުރުން

އިމިގްރޭޝަނުނެ ބަޔާނުގައި ބުނެފައިވާގޮތުގައި، ޕާސްޕޯޓު ސެކްޝަންގެ ޑިއުޓީ ގަޑިއަކީ ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާ ގަޑިތަކަކީ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އަދި އެޔަށްފަހު މެންދުރު 12:45 އިން ހަވީރު 17:00 އަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *