ބުރިޖް ހައިވޭގައި ހަރުކޮށްފައިހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެން ދާން ފަށާފައިވާ ކަމަށާއި، އޭގެ ސަބަބުން ނުރައްކާތެރި ހާދިސައެއް ހިގާފާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، މިއަދު ހަވީރު 4 ޕެނަލް ވަނީ ވިއްސައިގެން މޫދަށް ގޮސްފައި ވާކަމުގައެވެ.
އަދި ސޯލާ ޕެނަލް ހަރުކުރާ ފަރާތުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ޙާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި ދެކޭކަމަށްވެސް މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާކަން ވަނީ ފާހަގަވެފައި. މިއަދު ހަވީރު 4 ޕެނަލް ވަނީ ވިއްސައިގެން މޫދަށް ގޮސްފައި. ސޯލާ ޕެނަލް ހަރުކުރާ ފަރާތުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ޙާދިސާއެއް ހިނގުމަކީ…
— Dr Mohamed Muizzu (@MMuizzu) July 4, 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސައެއް ހިގައިދާނެކަމަށް މޭޔަރ މުއިއްޒު ވިދާޅުވެފައިވާއިރު، ބުރިޖް ހައިވޭގެ އެއް ފަރާތުން މޫދު ނިވާވާގޮތަށް ސޯލާ ޕެންލްތައް ހަރުކުރުމުން އެނާޖީ މިނިސްޓްރީއަށްވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެފައެވެ.
މިގޮތުން ގިނަ ބަޔަކު ފާހަގަ ކޮށްފައިވާ ގޮތުގައި، ވައިބާރު ސަރަހައްދެއްގައި، އަދި އެންމެ ބޮޑަށް ލޮނުބުރާ ހިސާބުގައި، ހައިވޭގެ މަލަމަތި ގެއްލޭގޮތަށް ސޯލާ ޕެނަލްތައް ހަރުކުރުމަކީ، އެކަން ކުރިބައެއްގެ ވިސްނުން ކޮށިކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައެވެ. ސަބަބަކީ އެގޮތަށް ސޯލާ ޕެނަލްތައް ހަރުކޮށްގެ އިރުގެ ހަކަތައިން ކަރަންޓު އުފެއްދޭނެ އެނޫން އެތައް ސަރަހައްދުތަކެއް މާލޭ ސަރަހައްދުގައިވެސް ހުރުންކަމަށްވެސް އެފަރާތްތަކުން ފާހަގަ ކުރެއެވެ.
ކޮމެންޓު ފޮނުވާ