ބިމާއި ބެހޭ ގާނޫނުގައިވާ ގޮތުން ހައުސިންގ މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަހުމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެން ރީކޯ މޫސާ މަނިކު އޭނާއަށް ފާޑުވިދާޅުވެއްޖެއެވެ.
ރީކޯ މޫސާ މަނިކު މުއިއްޒުއަށް ރަށްދުދެއްވާ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، މާލޭމީހުނަށްގޯތި ދިނުމާދެކޮޅަށްނުކުންނަ ވަކީލުންނަށް ދަންނަވަން އޮތީ ޤާނޫން އަސާސީގެ 21 ވަނަ މާއްދާއިން ލިބޭ ޙައްޤުތަކާއި އަދި ޤާނޫން އަސާސީިގެ 23 ވަނަ ވަމާއްދާގައި ބުނާ ޒިންމާ އޮތީ ދަޢުލަތުގެ މައްޗަށްކަމަށެވެ. އަދި 23 ވަނަ މާއްދާގެ ށ އަދި ރ ލިއެފައި އެވަނީ ބިމާ ބެހޭ ޤާނޫނުގެ 10 ވަނަމާއްދާގެ ކުރިންކަން ހަނދާކުރައްވަން ރީކޯގެ ޓްވީޓްގައި ބުނެފައިވެއެވެ.
މިފަހަރު މާލޭން ގޯތި ދޭތީ ބިމާ ބެހޭ ޤާނޫނުގެ 10 ވަނަ މާއްދާއިން ރައުޔު ނެރުއްވާ ލޯޔަރުންގެ ވެސް ނިޔަތާއި މެދު ސުވާލުއުފެދެނީ ޤާނޫން އަސާސީގެ އަނަނިވި މައްދާތަށް ބުނާ ގޮތުން ދަޢުލަތުގެ ކޮންމެ އިދާރާއަކުން ގޯތި ދިން ކަމުގާވިޔަސް އެއީ ޤާނޫން އަސާސީގެ ރޫހެވެ، އަދި މާޒީގައި ގޯއްޗާއި ފަލެޓްބެހީ ކައުސިލަކުންނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ މީހުންނަށް ގޯތި ދިނުމާއި ދެކޮޅަށް އެތައް ބަޔަކު ވަކާލާތުކުރަމުން އަންނަ ދަނޑިވަޅެއްގައި މިކަމާއި ގުޅިގެން ރީކޯ މޫސަ ވިދާޅުވީ، މި މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭތީ، އެ ކަމާ ދެކޮޅަށް ބަޔަކު މަސައްކަތްކުރުންކަމަށެވެ. އަދި މިއީ ސަރުކާރާއި ދެކޮޅަށް ކުރާ ކަމެއްގެ ބަދަލުގައި މާލޭގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ކަމެއްކަމަށް އޭނާ ސިފަކުރައްވައެވެ. ރީކޯ ވިދާޅުވީ، އެ މީހަކު އުފަންވާ ރަށަކުން އެ މީހަކަށް ގޯތި ދިނުމަކީ ރާއްޖޭގައި އަމަލުކުރަމުން އައި އުސޫލުކަމަށެވެ.
"އެ މީހަކު އުޅެ ބޮޑުވި ރަށަކުން އެ މީހަކަށް ގޯތި ލިބެންޖެހޭނެ އެންނު. އެހެންވީމާ މާލޭ މީހުންނަށް ގޯތި ދީފާނެތީ އެ ކަމާ ކަންބޮޑުވެގެން އުޅޭ ބަޔަކު މި ދައްކަނީ އެ ވާހަކަ. އެހެން ނަހަދާށޭ،" ރީކޯ މޫސަ ވިދާޅުވިއެވެ.
ރީކޯ މޫސަ ވިދާޅުވީ ސަރުކާރުން މާލެ ރައްޔިތުންނަަށް ގޯތި ދިނުމުގެ ވާހަކަދައްކަނީ އެ ބިން އޮވެގެން ކަމަށާއި "ކަނޑުން ގޯތި ދޭ" ވަހަކައަކީ މާލެ ރައްޔިތުންނަށް ރައްދުކުރެވޭ މަލާމާތެއްކަމަށެވެ.
މާލެ ސަރަހައްދުން ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން 4،000 ގޯއްޗާއި ހުޅުމާލެއިން 2،200 ގޯތި ދޫކުރާ ގޮތަށެވެ.
3 Responses
މިކެންދޫ މީހުންނަށާއި ހަތިފުށީ މީހުންނަށް މާލޭ މީހުނަށް ގޯތިދީގެން ހާދަ ބާރެއް އެބައަރައެވެ.
ހަމަ އެހެން ރައްރަށުން ގޯތި ދޫކުރާ ގޮތައް ކައުން މެދުވެ މާލެ އިން ގޯތި ދިނީމަ ތިކަން ހައްލު ވާނެ.
ބޮޑުޚަރަދުގެ މާލޭ ސަރަހަށްދުން ހިއްކާ ރަންބިންކޮޅު އެއްވެސް މީހަކަށް ހިލޭދީގެންނުވާނެ ވަރަށް ވަރަށް ސާފް