ހައުސިން މިނިސްޓްރީ އަށް ބަންޑާރަ ގޯތި ދޫކުރެވޭނެ ހައިސިއްޔަތެއް ނޯންނާނެ: މުއިއްޒު

ހައުސިން މިނިސްޓްރީ އަށް ބަންޑާރަ ގޯތި ދޫކުރެވޭނެ ހައިސިއްޔަތެއް ނޯންނާނެ: މުއިއްޒު

Author
އަޒްފާ ރަޝީދު
04 ޖުލައި 2023 11:29
0

ހައުސިން މިނިސްޓްރީ އަށް ބަންޑާރަ ގޯތި ދޫކުރެވޭނެ ހައިސިއްޔަތެއް މިހާރަކު ނެތް ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައިދޭން ސަރުކާރުން ފަށާފައި އޮތް "ބިންވެރިޔާ" ގެ ދަށުން ބަންޑާރަ ގޯތި ލިބުނު ބައެއްގެ ލިސްޓް ވެސް މިނިސްޓްރީން އާންމުކޮށްފައި ވަނިކޮށް މުއިއްޒު ކުރެއްވި ޓްވީޓްގައި ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ ގާނޫނުގެ މާއްދާއަކާ ހަވާލާދީ ދެއްވައި ވިދާޅުވީ މިނިސްޓްރީ އަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށެވެ.

ގާނޫނުގައި ވާގޮތުން ބަންޑާރަ ގޯތި ދޫކުރުމުގެ އިހުތިސާސް އޮތީ ހައުސިން މިނިސްޓްރީއަށް ނޫން

އޭނަ ހަވާލާ ދެއްވި މާއްދާގައި ބުނެފައި އޮންނަނީ ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް އެކަށައަޅާ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް ޝާއިއުކުރާ އުސޫލުތަކާއި ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.

އެ މާއްދާގައި އެހެން އޮތް ނަމަވެސް މާލެ ސަރަހައްދުން ގޯތި ދޫކުރުމާ ގުޅޭ އެއްވެސް ކަމެއްގައި މިނިސްޓްރީން މާލެ ސިޓީ ކައުންސިލުން ބައިވެރިއެއް ނުކުރެ އެވެ. އަދި އެކަމުގައި ކައުންސިލްގެ އެއްވެސް ހިއްސާއެއް ވެސް ނެތެވެ.

ގޯތި ލިބުނު މީހުންގެ ލިސްޓް މިނިސްޓްރީން އާންމުކުރީ މިދިޔަ ބުދަ ދުވަހު އެވެ. ގޯތި ލިބޭ މީހުންގެ އަދަދު 10،000 އަށް ވުރެ ގިނަ އެވެ. ސަރުކާރުން ބުނީ އަންނަ މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިމިނަ
މިކެންދޫ މީހުންނަށާއި ހަތިފުށީ މީހުންނަށް މާލޭ މީހުނަށް ގޯތިދީގެން ހާދަ ބާރެއް އެބައަރައެވެ.