ޕާސްޕޯޓްގެ ޙިދުމަތްތައް އޮންލައިން ކުރަނީ

ޕާސްޕޯޓްގެ ޙިދުމަތްތައް އޮންލައިން ކުރަނީ

Author
އަޒްފާ ރަޝީދު
03 ޖުލައި 2023 07:50
0

މޯލްޑިވްސް އިމިގެރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ޕާސްޕޯސްޓްއާއި ގުޅުންހުރި ޙިދުމަތްތައް އޮންލައިންކޮށް އިމުގާ އެޕް ބޭނުންކޮށްގެން ކުރެވޭނެ އިންތިޒާމްތައް ވަރަށް އަވަހަށް އިފްތިތާހްކުރާނެކަމަށް ބުނެފިއެވެ.

އަލަށް ދެވޭ މި ޙިދުމަތާއި އެކު ޕާސްޕޯޓް ހެދުމަށް ފަސޭހަ ވާނެ ގޮތަށް އިމުގާ އެޕް ބޭނުންކޮށްގެން ޙިދުމަތް ހޯދުމުގެ ފުރުޞަތާއި އީފާސް މެދުވެރިކޮށްވެސް ޕާސްޕޯޓާއި ބެހޭ މަޢުލޫމާތުތައް ހޯދޭނެއެވެ.

އިމިގްރޭޝަނުން މަޢުލޫމާތުދޭ ގޮތުގައި އައިޑީ ކާޑު ކޮޕީއާއި ކުރީގެ ޕާސްޕޯޓް ސްކޭން ނުކޮށް އިމުގާ އެޕް މެދުވެރިކޮށް މިހާރު ޕާސްޕޯޓް ހެދުމުގެ ފުރުޞަތު އިމުގާ އެޕް މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ޕާސްޕޯޓަށް ހެއްދުމަށް ހުށަހަޅާ އެޕްލިކޭޝަންތައް ކުރިއަށްގެންދާނީ ފޯމުތައް ލިބޭ ތަރުތީބުންނެވެ. އަދި ޕާސްޕޯޓަށް ފައިސާ ދެއްކުންވެސް އޮންލައިންކޮށް ކުރިއަށްގެންދެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. މިއީރައްޔިތުންނަށް ވީހާވެސް ފަސޭޙައިން އިމިގްރޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެއްކަމަށް އެފަރާތުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.