"އެނިމަލް" ޑިސެމްބަރު 1 ގައި

"އެނިމަލް" ޑިސެމްބަރު 1 ގައި

Author
ފާތިމަތު ނާވީ
06 ޖުލައި 2023 10:03
0

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "އެނިމަލް" ޑިސެމްބަރު 1 ގައި ގެނެސްދޭން ނިންމިކަން އިއްޔެ އިއުލާންކޮށްފި އެވެ.

ބަތަލާ އާލިއާ ބަޓްއާއި 2022 ވަނަ އަހަރުގެ އެޕްރިލް 14 ވުނަދުވަހުގައި ކައިވެނި ކުރި ފަހުން ރަންބީރު ބޮޑު ސްކްރީންއިން ފެނިގެންދާ ފުރަތަމަ ފިލްމް "އެނިމަލް" އަކީ ތަފާތު ފިލްމް އަކަށް ވާނެ ކަމަށް އަންނަނީ ބުނަމުނެވެ. އަދި މި ފިލްމްގައި ރަންބީރު ފެނިގެންދާނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ރޯލަކުން ކަމަށްވެއެވެ.

މި ފިލްމު ކުރިން ރިލީޒްކުރަން އޮތީ އަންނަ މަހުގެ 11 ގަ އެވެ. ނަމަވެސް "އެނިމަލް" ފަސްކުރީ އޭގެ މަސައްކަތް ފުރިހަމަކުރަން އިތުރު ވަގުތު ބޭނުންވާތީ އެވެ. ހާއްސަކޮށް ވީއެފްއެކްސް އެވެ. މިކަމާ ގުޅޭ ގޮތުން ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ވީޑިއޯ މެސެޖެއް ވެސް އާންމުކޮށްފައިވެ އެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

 

"އެނިމަލް" އަކީ 2019 ވަނަ އަހަރު ދެއްކި ކާމިޔާބު ފިލްމު، ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ތުރިލާއެކެވެ.

ލީޑުން ރަންބީރު އާއި އެކައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއެވެ. މީ ދެތަރިން އެކުގަިއ ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ ކާސްޓުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.