އަންނަ މަހު ރިލީޒްކުރަން އޮތް ރަންބީރް ކަޕޫރްގެ ފިލްމު "އެނިމަލް" ޑިސެމްބަރަށް ފަސްކޮށްފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
މިދިއަ މަހުގެ ނެރުނު ކުރު ޓީޒާ އާއި އެކުގައި ފިލްމް އެޅުވުމަށް ތާވަލް ކޮށްފައި އޮތީ އަންނަ އޯގަސްޓު މަހުގެ 11 ވަނަ ދުވަހެށެވެ. ނަމަވެސް ފިލްމް ޑިސެމްބަރަށް މިހާރު ލަސްކޮށްފައިވާ ކަަމަށްވެއެވެ.
އަދި ފިލްމް ފަސްކުރީ އޭގެ ވީއެފްއެކްސް އަށް އަދިވެސް ވަރަށް ގިނަ ވަގުތު ބޭނުންވާތީ ކަމަށެވެ. ނަމަވެސް ފިލްމް އަޅުވާ ދުވަހެއް އަދި ހާމަ ކޮށްފައިއެއް ނުވެއެވެ. ަމި ފިލްމް އަކީ ރަންބީރު ކަޕޫރު އާއި އެކުގައި ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާ ފެނިގެންދާ ފިލްމްއެކެވެ.
އެނިލަމް ފަސްކުރި އިރުގައި އޯގަސްޓް 11 އަކީ ބޮލީވުޑްގެ އެހެން ބޮޑު ދެ ފިލްމް އެއްވެސް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ތާރީހެކެވެ. އެއީ ސަނީ ޑިއޯލްގެ "ގަދަރު 2″ އާއި އަކްޝޭ ކުމާރުގެ "އޯއެމްޖީ 2″އެވެ.
މީގެ އިތުރުން ހަމަ މި ތާރީހުގައި ރަންބީރު ގެ އަންހެނުން އާލިއާ ބަޓްގެ އަލަތު ހޮލީވުޑް ފިލްމް "ހާޓް އޮފް ސްޓޯން" އެ ތާރީހުގައި ނެޓްފްލިކްސް ޕްރީމިއާކުރަން ހަމަޖެހިފައި އޮތީވެސް ހަމަ މި ތާރީހުގައިއެވެ. އެހެން ކަމުން މީ ރަންބީރު ވަރަށް އުފާވާނެ ކަމެއް ކަމަށް ބެލެވެއެވެ.
"އެނިމަލް" މީ ވަރަށް އުންމީދީ ފިލްމް އެކެވެ. މި ފިލްމް ގައި ރަންބީރް ފެނިގެންދާތީ ވަރަށް ތަފާތު ރޯލަކުންނެވެ. މި ފިލްްމްއަކީ ޑާކް ތުރިލާއެކެވެ. ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި އަނިލް ކަޕޫރް، ބޮބީ ޑިއޯލް އަދި ޓްރިޕްތީ ދިމްރީ ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ