ޙައްޖުގެ އަޅުކަން އަދާކުރި ފަހުން ދިވެހި ޙައްޖާޖީއަކު ނިޔާވެއްޖެ

ޙައްޖުގެ އަޅުކަން އަދާކުރި ފަހުން ދިވެހި ޙައްޖާޖީއަކު ނިޔާވެއްޖެ

ގުޅުންހުރި

ހައްޖުގެ އަޅުކަން އަދާކޮށް ނިމުނު ފަހުން ދިވެހި ހައްޖާޖީއަކު ރޭ އިތުރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް ނިޔާވީ، ނ. ހޮޅުދޫ މީހެއް ކަމަށްވާ ގާސިމް އިބްރާހިމް، 70، އެވެ. އޭނާ ނިޔާވީ މައްކާގައި، ކުއްލި ގޮތަކަށްކަން އެނގިފައިވެއެވެ.

ގާސިމާ އެކު ހައްޖަށް ގޮސް ހުރި އޭނާގެ ދޮށީ ދަރިފުޅު، އިބްރާހިމް ޒަކީ ބުނީ ބައްޕަ ނިޔާވެފައި އޮއްވައި ފެނުނީ ފަތިސް ނަމާދަށް ވުޟޫކުރަން ފާހަނާއަށް ވަނުމަށް ފަހު ޚަބަރެއް ނުވެ ލަސްވެގެން ބެލިއިރު ކަމަށެވެ.

މިއީ މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަނިކޮށް ނިޔާވި ތިން ވަނަ ދިވެއްސެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދ. މާއެނބޫދޫ، ފިޔާތޮށިގޭ، އަލީ ހަސަން، 72، ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އޭގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ، 72، ވެސް ނޫރު ފަރުބަދަ ކައިރި ނިޔާވެފައި އޮއްވާ ފެނިފައިވެއެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުންނެވެ.

މިފަހަރުގެ ހައްޖުގެ އަޅުކަމާ ދިމާކޮށް އާދަޔާ ހިލާފަށް ސައުދީ އަރަބިއްޔާގައި ވަނީ ހޫނުގަދަވެފައިވާއިރު ހޫނުގެ އަސަރުކޮށްގެން 2000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދީފައިވެއެވެ. އަދި 230 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން 1.8 މިލިއަން މުސްލިމުން ސައުދީ އަރަބިއްޔާއަށް ގޮސްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ