އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ދަ ޑިމޮކްރެޓްސް ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް ފެށި ރަސްމީ މަޝްވަރާތަކުގެ ތިންވަނަ ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ ފައުންޑާ ހަސަން ލަތީފް ވިދާޅުވީ މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 1:00ގައި މއ. ސައުތު ޝައިންގައި ހިންގަމުންދާ އޯޝަން ލައިބްރަރީގައި ކަމަށެވެ. މިބައްދަލުވުން ބާއްވާއިރު، ޕީޕީއެމްގެ ތެރޭގެ އިސް ބައެއް ބޭފުޅުންގެ މެދުގައި މިކަމުގައި ޚިޔާލް ތަފާތުކަން އެޕާޓީގެ ސެޓްގެ މެމްބަރުން ހިމެނޭ ވައިބާ ގްރޫޕްގައި ދެކެވޭ ވާހަތަކުން ހާމަވެއެވެ.
Maadhama 2 July (Sun) 13:00 gai Ocean Library gai @TheDemocratsMV aai PPM ge badhdhaluvun thakuge therein 3 vana badhdhaluvun onnaane. #WeTheDemocrats
— Hassan Latheef
(@HassanLatheef) July 1, 2023
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި ދަ ޑިމޮކްރެޓްސްގެ ރަސްމީ މަޝްވަރާތަކުގެ ތިންވަނަ ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިއްސާ އޮންނަ މަޖައްލާއެއްގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ރައީސް ނަޝީދު އަދި ރައީސް ޔާމީނެއް ނޫން ކަމަށާއި ނުކުންނަވާނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް ކަމަށް ބުނެފައިވާތީ އެ ލިޔުން ކުށްވެރިކުރަން ޕީޕީއެމް ސެނެޓްގެ މެންބަރުން ވަނީ ޕީޕީއެމް-ޕީއެންސީ ލީޑަޝިޕަށް ގޮވާލާފައެވެ.
ދެ ފަރާތުންވެސް އެންމެ ފަހުން ބޭއްވި ބައްދަލުވުމަށްފަހު ބުނެފައިވަނީ މިމަޝްވަރާތަކުގައި ދެފަރާތުންވެސް އެއްބަސްވާ ކަމަކީ މިސަރުކާރު ބަދަކލު ކުރުން ކަމަށާއި އެކަމުގައި ދެމިތިބޭނެކަމަށެވެ.