ޕީޕީއެމްގެ އިސް އެކްޓިވިސްޓުންތަކެއް ޕާޓީން ވަކިވެ ދިއުމަކީ ލިބުނު ނިކަމެތިކަމެއް، އެދެނީ ކާމިޔާބީއަށް: ސެމްބެ

ޕީޕީއެމްގެ އިސް އެކްޓިވިސްޓުންތަކެއް ޕާޓީން ވަކިވެ ދިއުމަކީ ލިބުނު ނިކަމެތިކަމެއް، އެދެނީ ކާމިޔާބީއަށް: ސެމްބެ

Author
ހުސެއިން
01 ޖުލައި 2023 06:17
0

އިިދިކޮޅު ޕްރިގްރެސިވް ކޯލިޝަންގެ ފަރެސްމާތޮޑާގައި އެންމެ އިސްކޮށް ހަރަކާތެރިވާ ދެބޭފުޅުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅުމަކީ ލިބުނު ވަރަށްބޮޑު ނިކަމެތިކަމެއް ކަމަށާއި، އެބޭފުޅުންނަށް ފުރިހަމަ ކާމިޔާބީއަށް އެދޭކަމުގައި ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެރިކަންކުރާ އެމްޑީޕީއަށް މީހުން އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ޢީދު ބަންދާއި ދިމާކޮށް ފަރެސް މާތޮޑާއިގައި ކުރިއަށްދިޔަ ހަރަކާތުގައި އެރަށުގެ ޕީޕީއެމްގެ ނަގާކިޔާ އެންމެ އިސް ދެބޭފުޅުން ވަނީ އެމްޑީޕީއާއި ގުޅިފައެވެ.

އެމްޑީޕީއާއި މިދެބޭފުޅުން ގުޅުމުން، އެދާއިރާ ތަމްސީލް ކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވީ ޕީޕީއެމްގެ ފަރެސްމާތޮޑާ ރޫޚުގެ ގޮތުގައި ފާހަގަވާ ވަހީދުބެ އަދި މުފީދާއްތަ ޕީޕީއެމްއާއި ވަކި ވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ނިކަމެތި ކަމެއްކަމަށެވެ. އޭނާ ވަނީ އެބޭފުޅުންނަށް އިތުރު ކާމިޔާބަށް އެދިފައެވެ.

ޕީޕީއެމްގެ ރޫޚުގެ ގޮތުގައި ޒަމާން ތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވި ވަހީދުބެ އަދި މުފީދާއްތަ އަދި ޒުވާނުން ކޮޅު ޕާޓީއާއި ވަކިވުމަކީ ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް. ކާމިޔާބަަށް އެދެން.

ހުސެއިން މުހައްމަދު ލަތީފު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފަކީ އިދިކޮޅު ޕީޕީއެމްގެ ޒުވާނުންނާއި ގާތް ގުޅުމެއް ބާއްވާ، އަދި އެޕާޓީގެ ސިޔާސީ ހަރަކާތްތަކުގައިވެސް އިސްދައުރެއް އަދާކުރައްވާ މެމްބަރެކެވެ. އަދި އޭނާއަކީ، ރައްޔިތުންގެ މަޖިލީހަށް މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިޚާބުވެ ވަޑައިގަތުމަށްފަހު، އަމިއްލަފުޅަށް އެދިގެން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި މެމްބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކުރިއައްއޮތީީ
ތިޕާޓީންވަކިވާއެންމެންް އިންޝާﷲވަރައްް އަވަހައްް އިތުރުސަފުތަކާއެކުު އެބުރިއަންނާނެެ މިހާރުު އަޖުމަަ ބަލާލަނީީ