ހިލޭ ގޯތި ބަހާތީ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލަން މަޝްވަރާ ފަށައިފި

ހިލޭ ގޯތި ބަހާތީ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލަން މަޝްވަރާ ފަށައިފި

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2023 11:31
0

މާލޭ މީހުންނަށް ހުޅުމާލެ އާއި މާލޭ ސަރަހައްދުން ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމާ ގުޅިގެން ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލުމާބެހޭ މަޝްވަރާތަކެއް ފަށައިފިއެވެ.

މިމަޝްވަރާތައް ފަށާފައި ވަނީ ގެދޮރުގެ މައްސަލަތަކާއި ހިޔާ ފްލެޓްތަކުގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން މީގެ ކުރިން ވެސް އެކި ހަރަކާތްތައް ހިންގި ދަ ކޮމަނާސް (ކޮތަރު ކޮށި) ޖަމިއްޔާ އިން ހިޔާ ފްލެޓްތަކުގައެވެ.

ޢެ ޖަމްޢިއްޔާ އިން ބުނީ މާލޭ މީހުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން ކާމިޔާބު މަޝްވަރާ ބައްދަލުވުމެއް ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ހުޅުމާލެ އިން 17 ބިމެއް 866 މިލިއަން ރުފިޔާއަށް އާބަންކޯ އަތުން ގަނެފައެވެ. އެބިންތަކަށް ސަރުކާރުން ފައިސާ ދެއްކި ނަމަވެސް ގޯތި ލިބޭ އާއްމުން އެއްވެސް ފައިސާއެއް ސަރުކާރަށް ވެސް އަދި އާބަންކޯއަށް ވެސް ދައްކާކަށް ނުޖެހޭނެއެވެ.

ހުޅުމާލެ އާއި އަދި މާލޭ ސަރަހައްދުގެ ބިމަކީ އަގު ބޮޑު ބިމަކަށް ވާއިރު ހިލޭ އެބިންތައް ބަހާލުމުން އެއްވެސް ފްލެޓެއްގެ ކުލި ދައްކަން ޖެހުން އެއީ ހަމަހަމަ އުސޫލެއް ނޫން ކަމަށް އެފަރާތުން ހާމަކުރެއެވެ.

ޢެ ޖަމްޢިއްޔާއިން ބުނީ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން އެޖަމިއްޔާގެ ނިންމުން ހުރިހާ ފަރާތްތަކަކާއިއެކު މަޝްވަރާ ކުރުމަށްފަހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަމަހަމަކަން
އެއިރެއްގަ އޮންނަ ސަރުކާރަކުން ނިންމާނީ ސޯސަލްހައުސިންގ ކުރިއަށްގެންދާނެ ގޮތެއް، މިހާރުސަރުކާރުން ގެންދާގޮތް ހަމަ ކަޑަ، އެކަމަކު ތިހިޔާވެސްހަމަ ލިބިފަތިބީކީ އެންމެހައްގުވާ މީހުންނަކަށްނޫން ތިތަންހޯދި ގިނަމީހުންވެސް ހަމަހޯދީ ސަޔާސީގޮތުން އޮތްގުޅުމާ ގުޅަންޖެހޭ މީހުންނަށް ގުޅައިގެން، މިހާރުތިތަނަޢް ދައްކާކުއްޔަކީ މާލެ އޭރިޔާގަ ކާރުޕާކިން އަކަށް ދައްކާކުލި، އަހަރެން 4 މަސްވެއްޖެ ހުޅުމާލެއިން 2/3 ކޮޓަރި އެޕާޓްމަންޓެއް ހޯދާތާ، 20ހާސް އަށްވުރެ ކުޑަކޮއް އަދި ނުފެނޭ، މާލޭގަ އުޅޭތާ 27 އަހަރުވީ، ސޯސަލް ހައުސިންގ އެއްވެސް ފުރުސަތެއް އަދި ނުލިބޭ، ވެދާނެ ޕާޓީއެއްގަ ނޫޅެގުޅާނެ ސިޔާސީމީހަކު ނެތީމަކަމަށްވެސް ވެދާނެ، އެކަމަކު މަހަކު 12ހާސް ދައްކައިގެން ވެސް ސޯސަލް ހައުސިންވެސް ދައްކަން ރެޑީގަ މި ހުރީ، އަމިއްލަތަނަކށް ވެފަ، ލޭންލޯޑް ޕާސަނަލް ލައިފް ސަކުވާއިރށް ކުލިބޮޑުކޮއް ގެއިން ނެރޭކަށް ނާންނާނެ. މިހާރު މިތިބެނީ ނަފްސާނީވެފަ، ގޭގަ އޮޑްގަޑި އެއްގަ ޓަކިޖަހާލިސް ހާސްވޭ ގޭގެވެރިމީހާ ވައްޓާލާފަ އެބަބުނޭ 1މަސް ތެރޭތަން ހުސްކުރަން، މިކަންކަން މިހާރު ހިޔާގައުޅޭ ގިނަމީހުން ހަދާނެއްނެތް، ލިބުން މިންވަރަށް ސުކުރު ނުކޮއް އަދިވެސް ބޮޑުބައި ހޯދަން، ވިސްނާނުލާ ތިތަންތައް ތި ކުލި ދައްކައިގެން އުޅެން ބޭނުންވާ އެތަށް ހާސްބަޔަކު ތިބިކަމެއް، ސަރުކާރުން ކުރާކަން ކަމެއް އޯކޭނޫނިއްޔާ ނިކުމެ ސަރުކާރު ބަދަލުކުރޭ، އެތައްބައެއްގެ ހައްޤަ ތިތާއުޅެމީހުންނަށް ނޭރޭނެ، މިހާރުވެސް ކުލި ނުދައްކާ އެތަށް ބަޔަކުއުޅޭ ތިތާއުޅޭ!
ޝ ޝިޔާމް
ކޮބައިތޯ ޗައިނާ ފްލެޓް ތަކުގައި ދިރިއުޅޭ މީހުންގެ ހައްޤުތަށް މިކަންވެސް ބަލަންޖެހޭނެ އަޅުގަޑުމެންވެސް ދިރިއުޅެނީކީ ހިލެއެއްނޫން 7350ރުފިޔާ ކޮންމެ މަހަކު ދައްކައިގެން
ބ ބަހާލި
ތީނުފޫޒުގަދަަ މީހުންނާއެމީހުންގެެ އާއިލާއައްް ދިންހަދިޔާއެއްް ތިކަމާނޫޅޭޭ ބަދަލެއްނުކުރާނެެ އެމީހުންްގެެ އެންމެނައްް ހުޅުމާލޭންް ލިބޭނެެ ބަލާބަލަަ އެމީހުންގެެ އާއިލާއާގުޅުންހުންނަމީހުންވެސްް ބަރާބަރައްް ލިބޭނެެ ދެންކޮންއިންސާފެކޭޭ ހަމަހަމަޔެކޭޭ ކިޔާކައްތަަ އެމީހުންބުނީި ތެޅިތެޅިފަވެެސްް ވޯޓްލާނެޔޭޭ އެއްވެސްް މައްސަލައެއްނެތޭޭ ބޭނުންގޮތެކޭހަދާނީީ މީީ އެމީހުންގެެ ވެރިކަމޭޭ އަހަރުމެންމިތިބީބަލަންވޯޓުގެެ ނަތީޖާާއައްް ފުލެޓުކުލިވެސްް ވާނީބޮޑޭޭ ރައްޔިތުންއޯކޭޭ ވާނެޔޭޭ މިވިސްނުމުގަަ މަސައްކަތްކުރަނީީ