އަޟުހާ އީދުގެ އިފާ ފާޅު ކުރުމުގެ ގޮތުން ޅ. ހިންނަވަރުގައި ހަވާ އަރުވައިފިއެވެ. ހިންނަވަރުގައި ބޭއްވުނު ބަޑިބޭހުގެ ކުޅިވަރިތަކުގެ އިތުރުން އީދު ޝޯ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ރައްޔިތުންނާއެކު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އީދު ފާގަހަކުރުމަށް މިރޭ ހިންނަވަރުގައި ބޭއްވި ހަވާ އެރުވުމާއި އީދު ޝޯ
ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ރައްޔިތުންނާއެކު ބައިވެރިވެ ވަޑައިގެންނެވި. #Ibu2023#MDP2023 pic.twitter.com/ScESFk8T0v— MDP Secretariat (@MDPSecretariat) June 30, 2023
މިއަހަރުގެ ބޮޑު އީދަށް ރައީސް ޞާލިހު ވަޑައިގެންނެވީ އުފަން ރަށް ޅ.ހިންނަވަރަށެވެ.
ރައީސް ޞާލިހު ހިންނަވަރަށް ވަޑައިގެންފައިވަނީ ޢީދު ބަންދުގައި ޢާއިލާގެ ގިނަ ބޭފުޅުންވެސް ރަށުގައިި ތިއްބެވުމާއިއެކު ޢާއިލާއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކަމަށް ގާތްފަރާތަކުން ވަނީ ބުނެފައެވެ. ރައީސް ހިންނަވަރަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނަވުމަށް އެދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި، ޢާއިލީ ބޭފުޅުންނާއި ހިންނަވަރުގެ ގިނަ ބަޔަކު ބަނދަރަށް ނިކުމެފައިވެއެވެ.
ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ރައީސް ޞާލިހު ވަރަށް ގިނައިން ހިންނަވަރަށް ވަޑައިގަންނަވައެވެ. ރައީސްގެ މިދަތުރުފުޅާއި ގުޅޭގޮތުން އެމްޑީޕީން ބުނީ މިއީ ރައްޔިތުންނާއިއެކު ޢީދު ފާހަގަ ކުރުމަށް ރައީސް ކުރައްވާ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ