މިސަރުކާރަކީ ތަރައްޤީގެ ނަމުގައި ކަޑަޖަހާނެ ސަރުކާރެއްނޫން: ސައީދު

މިސަރުކާރަކީ ތަރައްޤީގެ ނަމުގައި ކަޑަޖަހާނެ ސަރުކާރެއްނޫން: ސައީދު

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2020 10:10
0

މިސަރުކާރަކީ ތަރައްޤީގެ ނަމުގައި ރައްޔިތުންނަށް ކުލަ ހުވަފެން ދައްކައި، ކަޑަ ޖަހާނެ ސަރުކާރެއް ނޫންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގޑިރެކްޓަރ އަޙްމަދު ސަޢީދެ ވިދާޅުވެއްޖެއެވެ.

ލ.އަތޮޅު ގަމުގައި އާ އިންޖީނުގޭގެ މަަސައްކަތް ނިންމައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޞާލިހު ވެރިކަމާއި ހަވާލުވެ ސަރުކާރުގެ ހިންގުމަށް ގެނައި ބަދަލުތަކާއިއެކު، ފެނަކައިގެ ތެރެއަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައިކަމަށެވެ. އެތައް ޒަމާނެއް ވަންދެއް ރާއްޖޭގެ އެކި ރަށްތަކުގައި ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތަށް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.

މިމަސައްކަތުގައި މިހާތަނަށްވެސް ގިނަ ރަށްތަކުގެ އިންޖީނުގެތަށް ވަނީ އެންމެ ޒަމާނީ އިންޖީނުގެތަށް ބަދަލުކޮށް ފެންވަރު ރަނގަޅު އިންޖީނުގެތަށް ބަދަލުކުރެވިފައިކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދުގައި ވެރިކަމާއި ހަވާލުވިއިރު ހުރި 60 ވުރެ ގިނަ އިންޖީނުގެ ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 49 އިންޖީނުގެ ބަދަލުކުރުގެ މަސައްކަތްކޮށް، އޭގެ ތެރެއިން 30 އަށްވުރެ ގިނަ އިންޖީނުގެ ބަދަލު ކުރެވި ރިބަން ކަނޑާލެވިފައިވާކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަމާޒަކީ އަންނަ އަހަރު ނިމޭއިރު ރާއްޖޭގައި ހުރި މިފަދަ ހުރިހާ އިންޖީނުގެތަކެއް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކޮށް ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުންކަމަށެވެ.

އަބަދުވެސް އަޑުއިވޭ ވާހަޔަކީ ރައްޔިތުންގެ ކުރިމަތީގައި ފޮނިވާހަކަ ދައްކައި ކަޑަ ޖަހާވާކަ. އަޅުގަނޑު ދަންނަވާލަން އޮތީ އަދުގެ ސަރުކާރަކީ ކަޑަ ޖަހާ ސަރުކާރެއްނޫނޭ. ހަގީގަތާއި އެއްގޮތަށް އަމަލުން އެކަން ދައްކާނެ ބަޔެކޭ. މިއަދު ގަމުގެ ރައްޔިތުންނަށް އެކަން މިވަނި ހާމަކޮށްދީފަ. ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން އުންމީދަކީ މިފަދަ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުން.

– ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އިންޖީނުގެތަށް ޚާއްސަކޮށް ފެނަކައިގެން ބެލުމުގެ ދަށުން ހިންގާ އިންޖީނުގެ ތަކުން ރައްޔިތުންނަށް ލިބެމުންދިޔަ ތަކްލީފުތަކުގެ ބަދަލުގައި ފަސޭހަ ހިދުމަތްތަކެއް ލިބޭނެ ނިޒާމެއްގެ ތެރެއިން ރަނގަޅު ނެޓްވޯކްތަކެއް ގާއިމް ވަމުންދާކަމަށެވެ. އަދި މިހާރު ގެނެވެމުންދާ ބަދަލުތަކާއި، ރައްޔިތުންނާއި ދައުލަތަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.