ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި، އިލެކްޝަނަށް އެންމެ ފުރަތަމަ ވަންނާނެ ކެނޑިޑެސީ ފޯމަކީ ރައީސް ޔާމީންގެ ފޯމު ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައީސް ނަޝީދާއި ގުޅުން އޮންނަ އޯޝަން ވީކްލީއިން މިހަފްތާއަށް ނެރުނު އަދަދުގައި "ޔާމީނެއްވެސް ނޫން. ނަޝީދެއްވެސް ނޫން. ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް" މި ނަމުގައި އެނޫހުގެ ފުރަތަމަ ސަފްހާގައި ޖަހާފައިވާ ޕޯސްޓާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޝިޔާމް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ ޕާޓީއަކުން ކަނޑައަޅަ އެކަން އިއުލާނު ކުރީ ޕީޕީއެމްއިން ރައީސް ޔާމީންކަމަށެވެ. ރައީސް ޔާމީނަކީ މިއިންތިޚާބުގައި އެންމެ ފުރަތަމަ އިލެކްޝަނަސް ކޮމިޝަނަށް ވަންނާނެ ކެނޑިޑެސީ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ޕީޕީއެމްއިން ރައީސް ޔާމީން ނޫންގޮތަކަށް އެއްބަސްވުމެއް ވާން ބޭނުން ނުވާކަމަށެވެ.
މިހާރު އޯޝަން ވީކްލީ ވެސް ހުވަފެނީ ވާހަކަ ދައްކަންފެށީ؟ ޕީ.ޕީ.އެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީ އަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓު. އަދި 23 ޖުލައިގައި އެންމެ ފުރަތަމަ އިލެކްޝަނަށް ވަންނާނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު.
– ޝިޔާމް ވިދާޅުވިއެވެ.
މިހާރު @oceanweeklymv ވެސް ހުވަފެނީ ވާހަކަ ދައްކަންފެށީ? ޕީ.ޕީ.އެމް ގެ ކެންޑިޑޭޓު ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީ އަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓު. އަދި 23 ޖުލައިގައި އެންމެފުރަތަމަ @ElectionsMv އަށް ވަންނާނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް إن شاء الله https://t.co/6GbQqRPIB7
— Ahmed Shiyam (@Shiyamaldives) June 30, 2023
އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި، ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސް އާއިއެކު ދަނީ ސިޔާސީ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާތައް ބާއްވަމުންނެވެ. މިމަޝްވަރާތަކުގައި ދެފަރާތުންވެސް ބުނެފައިިވަނީ އެއްބަސްވެވޭ އެއްކަމަކީ މިސަރުކާރު ބަދަލު ކުރުންކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިމަޝްވަރާތަކުގައި އެދެ ފަރާތުން ގުޅިގެން ރިޔާސީ ކެނޑިޑޭޓަކު ނެރުމުގެ މަޝްވަރާވެސް ދަނީ ކުރެވެމުންނެވެ.