ކުރީގެ ސަރުކާރަށްވުގެ ގިނަ ޚަރަދުކޮށް، ގިނަ ޓްރޭނިން ތަކެއް ދެއްވިކަމަށް ކުޅިވަރަށް ކުރެއްވިކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަޚުލޫފް ވިދާޅުވާއިރު، ސާފް ޗެމްޕިއަން ޝިޕްގައި ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓުމަކީ ކަންބޮޑުވާ ކަމެއްކަމަށް ކުރީގެ ޔޫތު މިނިސްޓަރ ޑރ.އިރުތިޝާމް ވިދާޅުވެއްޖެއެވެ.
ސާފް ޗެމްޕިއަންޝިޕްގެ 30 އަހަރުވީ ތާރީހުގައި، ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ރާއްޖެ އިއްޔެ ވަނީ ކަޓައިފައެވެ. ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން ގޯލްޑް ކަޕުގެ ނަމުގައި 1993 ފެށި މުބާރާތުގެ ފުރަތަމަ ދެ ފަހަރު ރާއްޖެއިން ބައިވެރިވެފައެއް ނުވެއެވެ.
މި ފަހަރު މުބާރާތަކީ ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރެވެ. މުބާރާތުން މިރޭ ރާއްޖެ ވަކިވެގެން ދިޔައީ ގުރޫޕް ސްޓޭޖުގައި ބޫޓާން އެކަނި ބަލިކޮށްގެންނެވެ. ބަންގްލަދޭޝް އާއި ލުބުނާން އަތުން ރާއްޖެ ބަލިވީއެވެ. އަދި މިފަހަރު ބަންގްލަދޭޝް އަތުން ވީ ބައްޔަކީ ސާފް ޗެމްޕިއަންޝިޕުގައި 20 އަހަރު ފަހުން އެ ގައުމު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.
ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ކެޓުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކުޅިވަރު ވަޒީރަށާއި، އެފްއޭއެމްއަށް ކުރިމަތިވެފައެވެ. ކުރީގެ ކުޅީވަރާއި ބެހޭ ވަޒީރު ޑރ.އިރުތިޝާމް ވިދާޅުވީ ކުރީގެ ދައުރަށްވުގެ މާގިނަ ޓްރޭނިންއާއި ކުޅިވަރު ވަސީލަތްތައް ގާސިމްކޮށް، ގިނަ ޚަރަދުކުރެއްވި ކަމަށް މިހާރުގެ ވަޒީރު ވިދާޅުވާކަމަށެވެ. ނަމަވެސް ފެނިގެން މިދިޔައީ ތާރީހުގައިވެސް ރާއްޖޭގެ އެންމެ ފަޚުރުވެރި ކުޅިވަރުގައި ރާއްޖެއަށް ބޮޑު ނާކާމިޔާބެއް ލިބުނުތަން ކަމަށެވެ.
ވަރަށް ދެރަ ދިވެހި ޤައުމީ ޓީމު ސާފް ޗެމްޕިއަންޑިޕް 2023 ގައި ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ކަޓާފައިވާކަން! މި ދައުރުގަ ކުރީގެ ސަރުކާރަށް ވުރެ ގިނަ ޚަރަދު ކުރައްވައި ޓްރޭނިން ދެއްވިކަމަށް ވިދާޅުވި! ކިހިނެތްބާ މިވީ. ރާއްޖޭގެ ޤައުމީ ޓީމުގެ ކާމިޔާބީ އަޅުގަނޑުމެން ވަރަށް ކުލަގަދަކޮށް 2018 ގައި ފާހަގަ ކުރިން!
– ޑރ.އިރުތިޝާމް ވިދާޅުވިއެވެ.
ރާއްޖެއިން ސާފް ޗެމްޕިއަން ޝިޕް ކާމިޔާބުކުރީ 2008 ގައާއި 2018 ވަނަ އަހަރުގައެވެ. ރާއްޖެ ޓީމު މިފަހަރު ހޯދި ދަށް ނަތީޖާއާިއ ދެއްކި އާދަޔާއި ޚިލާފް ދަށް ކުޅުމުގެ ޒިންމާ ވާންޖެހޭނީ އެފްއޭއެމްގެ ވެރިންނާއި ކުޅިވަރާއި ބެހޭ ވަޒީރުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރާއްޖޭގައި ރަނގަޅު ފެންވަރެއްގެ ލީގެއް ނުކުޅެވޭއިރު، ޓީމު މުބާރާތަށް ދިޔައީ މަހިބަދޫއާއިއެކު ކުޅު އެކުވެރިކަމުގެ މެޗަށް ފަހުއެވެ. ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރި ގަދަ ހިތްވަރާއިއެކު މަސައްކަތް ކުރިނަމަވެސް ޓީމަށް ލިބެންޖެހޭ ޓްރޭނިންއާއި، އެކުވެރިކަމުގެ މެޗުތައް އެފްއޭއެމްއަށް ވަނީ ހަމަޖައްސައި ނުދެވިފައެވެ.
ކޮމެންޓު ފޮނުވާ