ޢީދުގައި ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަވުމަށް ޤާސިމް ގޮވާލައިފި

ޢީދުގައި ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަވުމަށް ޤާސިމް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
28 ޖޫން 2023 09:47
0

ޢީދުގައި ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަކަން އާލާކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ގޮވާލައިފިއެވެ.

ޤާސިމް ވަނީ އަޟްހާ ޢީދުގެ ތަހްނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ އެންމެހާ މުސްލިމުންނަށް އަރިސްކުރައްވާފައެވެ.

ޤާސިމް ވިދާޅުވީ މި މަތިވެރި ޢީދަކީ ދޭދޭ ގުޅުންތައް ބަދަހިކޮށް ޢާއިލާގެ މެދުގައި ކުލުނާ ލޯބި އިތުރުކޮށްދޭ މަތިވެރި ފުރުޞަތެއް ކަމަށެވެ. މި އުފާވެރި ފުރުޞަތުގައި އިސްކަންދޭންވާނީ ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަޞްލަޙަތާއި ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޢީދުގެ އުފަލުގައި މުޖްތަމަޢުގެ އެންމެން ބައިވެރިކޮށް، އިސްލާމީ ރިވެތި އަޚްލާޤީ މިންގަނޑުގެ ތެރޭގައި އުފާ ފާޅުކުރުން ކުރިޔަށް ގެންދިއުމަށް. އެންމެންގެ މެދުގައި ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަކަން އާލާކުރުމަށް. މާތް ރަސްކަލާންގެ އަޅަމެންނަށް ބާއްޖަވެރިކަން އިތުރުކުރައްވައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ލަހައްޓަވާށި.

– ޤާސިމް ވިދާޅުވިއެވެ.

ޢީދުގެ އެންމެ މަތިވެރި މަޤްޞަދަކީ، އެކަކު އަނެކަކަށް މަޢާފްކޮށް ހިތްހެޔޮކުރުންކަމަށާއި، ޒާތީ ޙަސަދަ އާއި ނަފްރަތުން އެއްކިބާވެ، އަޚުވަންތަކަމުގައި ދެމިތިބުންކަމަށާއި، ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަޙްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުންކަމަށް ޤާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.