ބޯހިޔާވަހިކަމުގެ މައްސަލައަށް އެމްޑީޕީގެ ދެ ސަރުކާރުންވެސް ނަތީޖާ ނެރެދީފި: އަލީ ނިޔާޒު

ބޯހިޔާވަހިކަމުގެ މައްސަލައަށް އެމްޑީޕީގެ ދެ ސަރުކާރުންވެސް ނަތީޖާ ނެރެދީފި: އަލީ ނިޔާޒު

ގުޅުންހުރި

ރާއްޖޭގައި ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ހައްލު ހޯދައި ދިނުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތު އެމްޑީޕީގެ ދެ ސަރުކާރުންވެސް ތަންފީޒު ކޮށްފައިވާކަމަށް ރައީސް ޞާލިހުގެ ކޮއްކޯފުޅު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް އިޢުލާންކުރެއްވި ބިންވެރިޔާގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ލިބޭނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިއާއިއެކު މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ނިންމާފައިވާ 5،000 ގޯތި ލިބޭމީހުންގެ ލިސްޓު އިއްޔެ ވަނީ ގެޒެޓް ކޮށްފައެވެ.

މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. އެސިޔާސަތު ތަންފީޒު ކުރުމަށް އެމްޑީޕީގެ ދެ ސަރުކާރުންވެސް މަސައްކަތްކޮށް ނަތީޖާ ނެރެދީފައިވާކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ އެމް.ޑީ.ޕީ މެނިފެސްޓޯއިން އެންމެ ފުރަތަމަޖާގަ ހޯދާ ސިޔާސަތު އަދި އެންމެ ބޮޑަށް ތަންފީޒުކުރެވި ނަތީޖާނެރެވުނު ސިޔާސަތު.އެމް.ޑީ.ޕީ ގެ ދެސަރުކާރުން ވެސް ނަތީޖާ ނެރެދީފި. އެމް.ޑީ.ޕީ ސަރުކާރެއް އޮތުން މުހިއްމު.

– އަލީ ނިޔާޒު ވިދާޅުވިއެވެ.

ފްލެޓާއި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ މަސައްކަތްކުރިއަށްގެންދެވި ކޮމިޓީން ވިދާޅުވީ، ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް އެ ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.

ކޮމިޓީން ވިދާޅުވީ، ޝަރުތު ހަމަވާ 19857 މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބުނަސް، 9544 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އަދި އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށްވެސް ކޮމިޓީން ވިދާޅުވެއެވެ. ކޮމެޓީން ހިއްސާކުރެއްވި މަޢުލޫމާތައް ބަލާއިރު ބިންވެރިޔާ ސްކީމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވަނީ 2370 ފޯމެކެވެ. އެއީ ޖުމްލަ 3231 މީހެކެވެ.

މިފަހަރު ދޫކުރައްވާ 5000 ގޯއްޗަކީ ހުޅުމާލެއާއި ގުޅީފަޅުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ގޯއްޗެވެ. އޭގެތެރެއިން 1500 އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން އަދި ބާކީހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ