ފާސިޤު ފާސިދު ވެރިން އިންތިޚާބު ވުމަށް ދުޢާކުރާނީ މުނާފިޤުން: ޑރ.އަހުމަދު

ފާސިޤު ފާސިދު ވެރިން އިންތިޚާބު ވުމަށް ދުޢާކުރާނީ މުނާފިޤުން: ޑރ.އަހުމަދު

Author
މުޙައްމަދު ޝަޒައިމް
27 ޖޫން 2023 11:54
0

ފާސިޤު ފާސިދު ޖާހިލު ވެރިން އިންތިޚާބު ވުމަށް އެދި ދުޢާކުރާނީ ހަމައެކަނި މުނާފިޤުން ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިިޔާސީ އިންތިޚާބު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޞާލިހު އެއްބުރުން ކާމިޔާބު ކުރައްވާނީ ޙައްޖާޖީންގެ މަތިވެރި ދުޢާއާއި އެކުގައި ކަމަށް ރައީސް ޞާލިހު ވެރިކަމަށް ގެނައުމަށް ބައިއަތު ހިފާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެ ކުރެއްވި ޓުވީޓާއި ގުޅިގެންނެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މުއުމިނުން ދުޢާ ކުރަންވާނީ ހެޔޮލަވާ ޞާލިހު ބެރިން އެ ރައްޔިތުންގެ ވެރިންގެ ގޮތުގައި އިންތިޚާބު ކޮށް ދެއްވުމަށް އެދިކަމަށެވެ. އެވެރިޔަކީ ފާސިގު، ފާސިދު ވެރިއެއް ކަމުގައިވާނަމަ އެވެރިއަކަށް ދުޢާކޮށް އިންތިޚާބު ކޮށްދެއްވުމަށް ދުޢާ ކުރާނީ ހަމައެކަނި މުނާފިގުން ކަމަށް ޑރ.އަހުމަދު ވިދާޅުވިއެވެ.

ޝައިޚު އިމްރާނަށް އެނގެންޖެހޭ ޙަޤީޤަތަކީ މުއުމިނުން ދުޢާކުރަންވާނީ ހެޔޮ ވެރިކަންކުރާ "ޞާލިޙު" ވެރިން އެބައިމީހުންގެ ވެރިންގެ ގޮތުގައި އިންތިޚާބުވުމަށް. ފާސިޤު ފާސިދު ޖާހިލު ވެރިން އިންތިޚާބު ވުމަށް އެދި ދުޢާކުރާނީ ހަމައެކަނި މުނާފިޤުން.

– ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއިއެކު ބައިއަތު ހިފި ސިޔާސީ ލީޑަރުންގެ ތެރެއިިން ފުރަތަމަ ބޭފުޅަކީ އިމްރާނެވެ. އަދި އިމްރާނަކީ ރައީސް ޞާލިހާއިއެކު މަސައްކަތް ކުރެއްވި ލީޑަރުންގެ ތެރެއިން އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަށް ތާއީދު ކުރެއްވި ހަމައެކަނި ލީޑަރުވެސް މެއެވެ. ދެން ތިއްބެވި ބޭފުޅުންވަނީ ރައީސް ޞާލިހަށް ތާއީދު ނުކުރާނެކަން ހާމަކޮށްފައެވެ.

އިމްރާން ވީދާޅުވީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުންދާ މީހުން ޙައްޖުގެ އަޅުކަންތައް ފަށާ ދުވަހަކީ މިއަދުކަމަށެވެ. ޙައްޖަށް ވަޑައިގެން މީހުންނެ ދުޢާތަކާއިއެކު މިއަހަރުގެ އިންތިޚާބު ރައީސް ޞާލިހު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށް އިމްރާން ވިދާޅުވިއެވެ. މިއަހަރުގެ ޙައްޖަށް ދިޔަ މީހުންގެ ތެރޭގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނޭ ޝައިޚު ޑރ.އިޔާޒާއި، ޝައިޚު އިލްޔާސްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢެހެންވިއްޔަމު އިޔާޒު ސަޓްފިކެޓް މިހާރު އޮންނާނީ ކުދިކުދިވެގައި
ދ ދިވެހި ޒުވާނުން
މީހަކާ ދިމާލަށް ފާސިގު ފާސިދުން ކަމަށް ގޮވާ މީހާގެ ޑޮކްޓަރ ސޭޓިފިކެޓް ބާތިލު ވެއްޖެ