ޠޫފާން ބުރެވި: ރާއްޖެއާއި ގާތަށް، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް

ޠޫފާން ބުރެވި: ރާއްޖެއާއި ގާތަށް، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 02:02
0

ބޭ އޮފް ބެންގާލްގައި އުފެދި ސްރީލަންކާއާ ދިމާއަށް ދަތުރު ކުރި ތޫފާން "ބުރެވި" އަންނަނީ ރާއްޖެއާ ގާތަށްކަމަށާ، މިހާރު އެޠޫފާން ހުރީ ރާއްޖެއާ 760 ކިލޯމީޓަރު ދުރުގައިކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ބޭ އޮފް ބެންގާލްގައި އުފެދި ސްރީލަންކާއާ ދިމާއަށް ދަތުރު ކުރި ތޫފާން "ބުރެވި" ލަންކާގެ އެއްގަމަށް ރޭ އަރާފައި ވާއިރު، ލަންކާއިރޭ ވަނީ120 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭވެހިފައެވެ. މެޓު އޮފީހުން ވިދާޅުވީ ޠޫފާން "ބުރެވި" ދަތުރުކުރަމުންދަނީ ހއ.ކެލާގެ އިރުއުތުރުން 760 ކިލޯމީޓަރު ދުރުންކަމަށެވެ. ޠޫފާނުގެެ ބާރު އެއްވަރެއްގައި ހިފެހެއްޓިފައި ހުރިކަމަށެވެ. އަދި މިސަރަޙައްދުގެ މޫސުމާބެހޭ ކަންކަން ދިރާސާކުރާ އަދި ޠޫފާންތަކާ ގުޅޭ އިންޒާރުނެރޭ އިދާރާއިން މިޠޫފާން ކެޓަގަރައިޒްކޮށްފައިވަނީ ސައިކްލޯންއެއްގެ ރޭންޖުގައިކަމަށް މެޓް އިފީހުން ހާމަކުރެއެވެ.

ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ޑީޕް ޑިޕްރެޝަން ނުވަތަ ކޮޅިގަނޑުގެ ބާރު މިހާރު އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. މިކަމުގެ އަސަރު ރާއްޖެއަށް ކުރަމުން އަންނަކަމަށާ، ރާއްޖެ ސަރަހައްދުގެ ވައި އިއްޔެއަށްވުރެ މިއަދު ބާރުވަމުން އަންނަކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ.

މެޓު އޮފީހުންވަނީ މިއަދު 14:00 އިން ފެށިގެން 20:00 އާ އާހަމައަށް ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެއޮފީހުން ލަފާކުރައްވަނީ މިއަދު ރާއްޖޭގެ ހުރިހައި ސަރަޙައްދަކަށްވެސް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.

ތޫފާން "ބުރެވި"ގެ ސަބަބުން ލަންކާގެ ބޮޑު ބަޔަކާއި އިންޑިއާގެ ދެކުނާއި އިރު ދެކުނުގެ ބައެއް ސަރަހައްދުކަށް، އިއްޔެއިން ފެށިގެން ހަފްތާ ބަންދުގެ ނިޔަލަށް، އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން މޫސުމީ އެންމެ ވަރުގަދަ އިންޒާރު ރެޑް އެލާޓް ވަނީ ނެރެފައެވެ. ލަންކާގެ އިރު އުތުރު ސަރަހައްދުން ގޮސް އިންޑިއާގެ ދެކުނާއި އިރު ދެކުނުގެ ބައެއް ސަރަހައްދުތަކަށް އެރުމަށްފަހު ތޫފާން ބުރެވި ދަތުރުކުރާނެކަމަށް ބެލެވެނީ ރާއްޖޭގެ އުތުރުން ގަލްފް އޮފް މަނާރަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.