ބޮލީވުޑްގެ ކިންްގު ހާންގެ ގޮތުގައި މަޝްހޫރު އެކްޓަރު ޝާހުރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން އަމިއްލަ ގެއެއް ގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސުހާނާ ބޮލީވުޑަށް ނުކުންނަން ތައްޔާރުވެފައިވާއިރު އޭނާއަކީ އޭނާގެ ބައްޕަ ފަދައިިން ކާމިޔާބު ތަރިއަކަށް ވާނެ ކަމަށް ގިނަ ބަޔަކު މިހާރު ވެސް އަންނަނީ ބުނަމުންނެވެ. ފިލްމު "ދި އާޗީސް" އިން ފިލްމީ ދުނިޔެ އަށް ތައާރަފުވާ 22 އަހަރުގެ ޒުވާނާ ގެއެއް ގަނެފައިވަނީ އޭނާގެ ފިލްމް ރިލީޒް ކުރުމުގެވެސް ކުރިންނެވެ.
ސުހާނާ ގެއެއްގެ ގަތީ އިންޑިއާގެ އަސްއްސޭރި ފަށުގެ އަވަށެއް ކަމަށްވާ އަލިބާގްއިން ކަމަށް ރިޕޯޓްތަށް ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެގޭގެ އަގަކީ 12.91 ކުރޯޑް އިންޑިއާ ރުޕީސް އެވެ.
ހިތްގައިމު ލަގްޒަރީ ގެއެއް ސުހާނާ ގަތް އިރު، އޭނަގެ ބައްޕަގެ އަގުބޮޑު ގެއެއް މިހާރު ވެސް އެތަނުގައި ހުރެ އެވެ. އެގޮތުން އާއިލާއާ އެކީ އަލީބޯގަށް ޝާހްރުކް ޗުއްޓީ އަށް ވަރަށް އާންމުކޮށް ގޮސް އުޅެ އެވެ. ހަބަރުތަށް ބުނާގޮތުގައި ސުހާނާ މި ގެ ގަތީ ދަޑުވެރިކަން ކުރުމަށް ކަމަށްވެއެވެ.
ސުހާނާގެ އެންމެ ފުރަތަމަ ފިލްމް "އާޗީސް"ގައި އޭނާގެ އިތުރުން ސްރީދޭވީގެ ދަރިފުޅު ޚުޝީ ކަޕޫރާއި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔަ ނަންދާ ވެސް ތައާރަފް ވާނެ އެވެ.
2 Responses
ކިތައްމެ ގެއެއްވެސް ގަންނަންވީނު ބަފާ އަތުގަ ފައިސާ އެބަ އޮތް ވިއްޔަ
މޯދީ އޭނައަށް ހިލޭދިނީކީނޫނޭ . މިގައުމުގަ މުއްސަނދިން ބަލާފަ އެންމެ ގިނަފައިސާވަރަހުރި މީހާ ބަލާފަ ދެނީ . އަދި އެވެސް ޕާޓީކުދިންނަށް.