"އިމަޖެންސީ"ގެ އައު ޓީޒާއެއް ދައްކައިލައިފި

"އިމަޖެންސީ"ގެ އައު ޓީޒާއެއް ދައްކައިލައިފި

Author
ފާތިމަތު ނާވީ
26 ޖޫން 2023 05:34
0

ބޮލިވުޑްގެ މަޝްހޫރު އެކްޓްރެސް ކަންގަނާ ރަނާވަތުގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ"ގެ އައު ޓިޒާއެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

މި ފިލްމަކީ އިންޑިއާގެ ބޮޑުވަޒީރުކަން މިހާތަނަށް ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ އިންދިރާ ގާންދީގެ ވެރިކަމުގައި ސިޔާސީ ގޮތުން އުފެދުނު ހަލަބޮލިކަމާއި އިއުލާންކުރި އިމަޖެންސީއާ ހެދި ދިމާވި ކަންކަމަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

"އިމަޖެންސީ" މިހާރު އޮތީ ޝޫޓިން ނިންމައި ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގަ އެވެ. މީގައި ކަންގަނާ ކުޅެފައި ވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ. "އިމަޖެންސީ" ގެ ވާހަކަ ބިނާކޮށްފައި ވަނީ އެކަމަނާގެ ވެރިކަމުގައި ޖޫން 25، 1975 ގައި ގައުމުގައި އިއުލާންކުރި ކުއްލި ހާލަތާއި އޭގެ ސަބަބުން އުފެދުނު ސިޔާސީ ކޯޅުންތަކާ އެކީ އިންޑިއާގެ މަސްރަހު ހޫނުވެގެން ދިއުމުގެ މައްޗަަށެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

"އިމަޖެންސީ" އަކީ ކަންގަނާގެ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާގެ ދަށުން އޭނާ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓުވެސް ކުރާ ފިލްމެކެވެ. މިއީ ކަންގަނާގެ ދެވަނަ ޑައިރެކްޝަނަށެވެ.

ކަންގަނާ އެންމެ ފަހުން ފެނިގެން ދިޔައީ ފްލޮޕް ފިލްމް "ދާކަޑް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.