އަދީބު ބެއްސެވި ކަޅުފައިސާ އަތްޕުޅުގައާއި، ދަތްޕުޅުގައި ނެހޭކޭ ވެރިއެއް ނެތް: ދިޔާނާ

އަދީބު ބެއްސެވި ކަޅުފައިސާ އަތްޕުޅުގައާއި، ދަތްޕުޅުގައި ނެހޭކޭ ވެރިއެއް ނެތް: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 01:11
0

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޝާމިލުނުވާ ވެރިއެއް ނެތްކަމަށާއި، ސިޔާސީ ގޮތުން މިވާހަކަ ދެއްކެވޭނެ ވެރިއެއް މިޤައުމުގައި ނެތްކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނުގެ އެކި މައްސަލަތަކުގައި 20 އަހަރުގެ ޖަލު ހުކުމެއް އޮތް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފައިވާ މައްސަލައަށް އިޝާރާތްކޮށް ދިޔާނާ ވިދާޅުވީ އަދީބު ގެއަސް ބަދަލުކޮށްގެން އުޅުއްވަނީވެސް މިފައިސާގައި ޖެހި ފައިސާއިން ސަލާމަތް ނުވުމުންކަމަށެވެ. މިއަދު ފައިސާދިން ގޮތާއި މެދު އެކި ގޮތްގޮތަށް ވާހަކަ ދައްކައި ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުންދަނީ މިފަސާގައި ހުރިހާވެސް ޖެހިފައި ތިބުމުންކަމަށެވެ. އޭނާ ވިދާޅުވީ މިފައިސާގައި ޖެހިފައި ނުވާ ވެރިއެއް މިޤައުމުގައި ނެތްކަމަށެވެ.

އަދީބު ގެޔަށް ބަދަލުކުރުމަކީ އަދީބު ބެއްސެވި ކަޅު ފައިސާ ތިބޭފުޅުންގެ އަތްޕުޅާއި، ދަތްޕުޅުގައި ހޭކިފަ ހުރި މިންވަރު ބޮޑުކަމުން. ފަނޑިޔާރު ވަކިކުރަން ފައިސާ ދިނީއޭ، އަދީދޭ، ޚިޔާނާތޭ އިރުއިރުކޮޅާ ވިދާޅުނުވޭ. ތިޔަ ޚިޔާނާތުގައި ޝަމިލު ނުވާ ވެރިއެއް ތިތާކު ނެތް.

– ދިޔާނާ ވިދާޅުވިއެވެ.

ދިވެހިރާއްގެ އަޑުގެ ޕްރޮގްރާމެއްގައި އެހުންތެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ އަދީބު ނިދުމަށް މެޝިނެއް ބޭނުންކުރަން ޖެހޭ ކަމުގެ ލިއުމެއް ޑޮކްޓަރުން ދެއްވާފައިވާ ކަމަށާއި އެ ގޮތަށް ލިއުން ދެއްވީ ޖަލުގައި ހުންވަނކޮށް އޭނާ ވެއްްޓި ވަޑައިގަތް ފަހުން ކަމަށެވެ. އަދީބު ބޭނުންކުރައްވަން ޖެހިވަޑައިގަންނަވާ މެޝިނަކީ ޖަލުގައި ބޭނުންކުރެވޭ މެޝިނެއް ނޫން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެެ. އެކަަމަކު ޖަލުގައި އެ މެޝިން ބޭނުން ނުކުރެވެނީ ކޮން ސަބަަކާ ހެދި ކަމެއް އިމްރާން ވިދާޅެއް ނުވެއެވެ.

އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އައީ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން، ކުރި ހަތް ދައުވާއާ ގުޅިގެންނެވެ. މި ދައުވާތައް އުފުލީ، އަދީބާއި ދައުލަތާ ދެމެދު ހެދި ޕްލީ ބާގެއިން ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމުގެ ދަށުން، އަދަބު ލުއިވާ ގޮތަށެވެ. އެއްބަސްވުމުގައިވާ ގޮތުން، އަދީބު ދައްކަވަން ޖެހުނީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ.

މި އެއްބަސްވުން ދައުލަތުން އަދީބާ އެކު ހެދިއިރު، ކުށް ސާބިތުކުރަން އޭނާގެ އިއުތިރާފު މުހިއްމު ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި އަދީބަށް 150 ދައުވާއަކުން 800 އަހަރުގެ ޖަލު ހުކުމް ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ އެބަ ހުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.