ހީނާ ޚާންގެ ރާއްޖޭގެ ފޮޓޯތައް ފޭނުންނަށް ވަރަށް ކަމުގޮސްފި

ހީނާ ޚާންގެ ރާއްޖޭގެ ފޮޓޯތައް ފޭނުންނަށް ވަރަށް ކަމުގޮސްފި

Author
ފާތިމަތު ނާވީ
03 ޑިސެމްބަރ 2020 08:29
0

ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"ގެ އަކްސަރާ އަކީ ދިވެހިންނާ ވަރަށް ރައްޓެހި މޫނެކެވެ. މަޝްހޫރު ޓީވީ އެކްޓަރ ހީނާ ޚާން ބެލުންތެރިންގެ ފޭވަރިޓް ލިސްޓުން ޖާގަހޯދި މި ރޯލުންނެވެ. ޓީވީ އެކްޓަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި މިންވަރަށް އޭނާ އަންނަނީ ސޯޝަލް މީޑިއާގައިވެސް މިހާރު މަޤްބޫލުކަން ހޯދަމުންނެވެ.

ހީނާގެ ފޮޓޯތަކާއި ޕޯސްޓްތަކަކީ އަބަދުވެސް ގިނަ ބައެއްގެ ޝައުޤުވެރިކަން ހޯދާ ޕޯސްޓުތަކެކެވެ. މިފަހަރު އޭނާގެ ފޮލޯވަރުންނަށް ކަމުގޮސްގެ އުޅެނީ އޭނާ ރާއްޖެއައިސް އިންސްޓަގްރާމަށް ދޫކުރަމުންދާ އާއިލީ ޗުއްޓީގެ ފޮޓޯތަކެވެ. ބަލާލަން ހިތްގައިމު މިމަންޒަރުތަކުން އޭނާ ދަނީ ފޮލޯވަރުން އުފާ ކޮށްދެމުން ނެވެ. ހީނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ފުރަވެރި މޯލްޑިވްސްގަ އެވެ.

 

View this post on Instagram

 

A post shared by HK (@realhinakhan)

މި ޗުއްޓީގެ ތެރެއިން އޭނާ ހިއްސާކޮއްފައިވާ ބައެއް ފޮޓޯތަކަށް ބަލާލާއިރު އެއް ފޮޓޮއަކަށް ފާހަގަކޮށްލެވެނީ ދޫނިފަތް ކުރަހާފައިވާ ހެދުމެއްގައި ސަން ހެޓެއް އަޅައިގެން އޭނާ ނަގާފައިވާ ފޮޓޯއެވެ. މި ފޮޓޯއިން ހީނާ ރީތި ކަމުގެ އިތުރުން ރާއްޖެގެ ހިތްގައިމު މަންޒަރުތައްވެސް ފެނިގެންދެއެވެ. މީގެ އިތުރުންވެސް ސާފު ގޮޑުދޮށުގައި އުނދޯއްޔެއްގައި އިށީނދެ ނަގާފައިވާ ފޮޓޯއަކީވެސް ފާހަގަކޮއްލެވޭ ފޮޓޯއެކެވެ.

 

View this post on Instagram

 

A post shared by HK (@realhinakhan)

ރާއްޖެއަށް ފުރަތަމަ އައި ގޮތަށް އޭނާވަނީ ޓީއެމްއޭގެ ސީޕްލޭނެއް ކައިރީ ނަގާފައިވާ ފޮޓޯ އެއް ފޭނުންނަށް ދޫކޮށްލާފައެވެ. އަދި ރިސޯރޓުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ހީނާ ނަގާފައިވާ ރީތި ފޮޓޯތައްވެސް އޭނާވަނި އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ. މިއިން ކޮންމެ ފޮޓޯއަކުންވެސް އެކި އޭންގަލްތަކުން ހީނާ ޚާންގެ ރީތިކަން އޭނާގެ ފޭނުންނަށްވަނީ ދައްކާލާފައެވެ.

 

View this post on Instagram

 

A post shared by HK (@realhinakhan)

ހިނާ ޚާންގެ އެކްޓިންގް ކެރިއަރަށް ބަލާއިރު ޓީވީ ސްޓާރެއްގެ ގޮތުގައި ބޮޑު މަޤްބޫލުކަމެއް ހޯދުމަށްފަހު އޭނާ މިހާރުވަނީ ބޮލީވުޑްގައި ފިޔަވަޅު ބަހައްޓާފައެވެ. އެގޮތުން މިއަހަރު ފްބްރުއަރީ މަހު ބޮޑު ސްކްރީނަށް އައި ފިލްމް "ހެކްޑް"  އަކީ ހީނާގެ ފުރަތަމަ ބޮޑު ސްކްރީން ތަޖުރިބާއެވެ.

2020ގެ ޓެލެވިޒަން އިންޑަސްޓްރީގައި އެންމެ ސްޓައިލިޝް ތަރިއެއްގެ ގޮތުގައި ހީނާ ޙާން ހޮވިފާވާއިރު އޭނާއަށް ސޯޝަލް މީޑިއާގެ އެންމެ ސްޓައިލިޝް ތަރީގެ މަޤާމުވެސް ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.