"ނީޔަތު" ގެ ޓަރެއިލާ ދައްކައިލައިފި

"ނީޔަތު" ގެ ޓަރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
24 ޖޫން 2023 05:28
0

ވިދްޔާ ބާލަންގެ ކުރިއަށް އޮތް ފިލްމް "ނީޔަތު" ގެ ޓްރެއިލާ ދައްކައިލައިފިއެވެ. މި ފިލްްމ އަކީ  ޖުލައި މަހު ސިނަމާތަކަށް ގެންނަން ނިންމައިފައިވާ މާޑާ މިސްޓްރީއެކެވެ.

ފިލްމްގައި ތަރިން ފެނިގެންދާނެ ގޮތުގައި ޕޮސްޓަރު ތަކެއްވެސް މިހާރު ދައްކައިލައިފައިވާ އިރުގައި ފިލްްމގެ ޕްރޮމޯޝަން ތަށްވެސް ތަފާތު ގޮތްތޮތަށް އަންނަނީ ކުރަމުންނެވެ. އެގޮތުން ފިލްމްގެ ލީޑުން ފެނިގެންދާ ބަތަލާ ވިދްޔާ ބާލަން ފެނިގެންދަނި ވަރަށް ތަފާތު ގޮތަކަށެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރާމް ކަޕޫރު، ރާހުލް ބޯސް، ނީރަޖް ކަބީ، ޝަހާނާ ގޯސްވާމީ، އަމްރިތާ ޕޫރީ، ދީޕަންނީތާ ޝަރުމާ، ނިކީ ވާލިއާ، ޝަޝަންކް އަރޯރާ، ޕްރަޖަކްތާ ކޯލީ އަދި ދާނިޝް ރާޒްވީ ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Vidya Balan (@balanvidya)

އަބުންދަންތިއާ އެންޓަޓައިންމަންޓާއި އެމެޒޯން ޕްރައިމް ވީޑިއީ ގުޅިގެން ހަދާފައިވާ "ނީޔަތު" ބެލުންތެރިންނަށް ދޫކޮށްލަން ނިންމީ ޖުލައި 7 ގަ އެވެ. މި ފިލްމް އަކީ މާޑާ މިސްޓްރީއެއް ގެ މައްޗަށް ބިނާކޮށް ހަދައިފައިވާ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.