ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތަށް

ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 11:42
0

ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.

އެމްޓީސީސީން މިއަދު ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 48 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. އަދިި މި މަޝްރޫޢުގެ ދަށުން ބިންހިއްކުމުގެ މަސައްކަތުގެ %83 ވަނީ ނިމިފައިވައިރު، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ %8 ވަނީ ނިމިފައެވެ.

އެމްޓީސީސީއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢަށް ބޭނުަންވާ އީ.އައި.އޭ ހުއްދަ އެކުންފުންޏަށް ލިބިފައިވަނީ 13 އޯގަސްޓް 2020 ގައެވެ. ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 15 އޯގަސްޓް 2020 ގައި ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށް މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު އެރަށަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން 644،000 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ފަޅުފުންކޮށް ބިންހިއްކުމާއި، 1200 މީޓަރު ސަރަޙައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 85.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްލަފާ ކުރެވެއެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑަށް ހިއްކުމަށް ނިންމާފައި ވަނީ ގުރައިދޫގެ ހުޅުނގު ފަރާތުންނެވެ. އެ ސަރަޙައްދުން 12.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ޔާމީން ވިދާޅުވީ، ރަށުގެ އިރުމަތީ ފަރާތުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކުމަކީ ރައްޔިތުން ވަރަށް ބޭނުންވާކަމެއްކަމުން، މި ޕްރޮޖެކްޓްގެ ތެރެއިން އިރުމަތީ ފަރާތްވެސް ވީހާ ބޮޑަކަށް ހިއްކިގެންދިއުމަކީ ރައްޔިތުން އެދޭގޮތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.