ސެނެގާލުން ވަރުގަދަ ބްރެޒިލް ބަލިކޮށްފި

ސެނެގާލުން ވަރުގަދަ ބްރެޒިލް ބަލިކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2023 08:45
0

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުގައި ސެނެގާލް އިން ބްރެޒިލް ބަލިކޮށްފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ ބްރެޒިލް އަތުން ސެނެގާލް މޮޅުވީ 4-2 އިންނެވެ. ރޭގެ މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ލޫކަސް ޕަކޭޓާ ވަނީ ބްރެޒިލަށް ލީޑުނަގައިދީފައެވެ. އޭގެ 10 މިނިޓް ފަހުން، ސެނެގާލްގެ ހަބީބް ޑިއާލޯ ވަނީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަަމަކޮށްދީފައެވެ.

ދެ ވަނަ ހާފު ފަށައިގެން ސެނެގާލަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނީ ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ސެނެގާލްގެ ލީޑު ފުޅާކޮށްދިނީ ސަޑިއޯ މާނޭއެވެ. އެއީ ފުރަތަމަ ލަނޑު ޖަހައިދިން ޑިއާލޯގެ އެހީތެރިކަމާއެކު މާނޭ ޖެހި ލަނޑެކެވެ. މާނޭ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން މާކީނިއޯސް ވަނީ ލަނޑެއް ޖަހައި ބްރެޒިލަށް ފަރަގު ކުޑަކޮށްދީފައެވެ. ސެނެގާލަށް މެޗުން ފުރިހަމަ މޮޅެއް ހޯދައިދިނީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން މާނޭއެވެ.

މިއީ ފީފާ ވޯލްޑް ކަޕްގެ ފަހުން ބްރެޒިލް އިން ކުޅުނު ތިން ވަނަ މެޗެވެ. ތިން މެޗުގެ ތެރެއިން ބްރެޒިލް މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. މިހާތަނަށް ބްރެޒިލުން ކުޅެމުން އަންނަނީ ހެޑު ކޯޗެއް ނެތިއެވެ. ވޯލްޑް ކަޕަށް ފަހު ޓީޓޭ ޓީމު ދޫކޮށްލިއިރު، އައު ކޯޗެއް ހޯދުމުގެ މަސައްކަތް އެ ޤައުމުން އަންނަނީ ކުރަމުންނެވެ.

ރޭ ކުޅުނު އެހެން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކަށް ބަލާއިރު، ހުއާން ކުއަޑްރާޑޯ އާއި ލުއިޒް ޑިއާޒްގެ ގޯލުތަކާ އެކު ކޮލަމްބިއާ އިން ވަނީ 2-0 އިން ޖަރުމަނު ބަލިކޮށްފައެވެ. ކިއުބާ އަތުން 2-0 އިން އުރުގުއޭ މޮޅުވެ، އާ ކޯޗު މާސެލޯ ބިއެލްސާގެ ފެށުން ރަނގަޅުކުރިއިރު، ޗައިނާ އިން ވަނީ 2-0 އިން ފަލަސްތީނު ބަލިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.