ޕީޕީއެމްއިން ވަކިވި ސެނެޓަރު އެމްޑީޕީއާއި ގުޅިއްޖެ

ޕީޕީއެމްއިން ވަކިވި ސެނެޓަރު އެމްޑީޕީއާއި ގުޅިއްޖެ

Author
ހުސެއިން
19 ޖޫން 2023 08:50
0

އިދިކޮޅު ޕީޕީއެމްގެ ކެލާ ދާއިރާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ފާއިތުވި ހަފްތާގައި އެޕާޓީން ވަކިވި އަހުމަދު ގާލިބް، މިއަދު އެމްޑީޕީއަށް ސޮއި ކޮށްފިއެވެ.

އޭނާ މިއަދު އެމްޑީޕީއަށް ސޮއި ކުރުމަށްފަހު ފޯމު ހަވާލު ކުރައްވާފައިވަނީ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްގެ ހާޒިރުގައި ރައީސް ސާލިހުއާއެވެ.

ޕީޕީއެމްގެ ކެލާ ދާއިރާގެ ރައީސްކަންވެސް ކުރައްވާފައިވާ ޢާލިބު ޕީޕީއެމްގެ ސެނެޓުންނާއި، މެމްބަރު ކަމުގެ މަޤާމުންވެސް އިސްތިއުފާ ދީފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. އެޕާޓީގެ މަގާމްތަކުން އިސްތިއުފާދެމުން އޭނާ ބުނެފައިވަނީ، މި ވަގުތު ޕާޓީއާއެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް / މާހައުލެއް ނެތަތީވެ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެލާ ދާއިރާ ރައީސް ކަމުންނާއި، ޕާޓީގެ ސެނެޓުން އިސްތިއުފާ ދިނުމަށްފަހު ޕާޓީން ވަކިވުމަށް އެދި ހުށަހެޅިކަމުގައެވެ.

އޭނާ ޕީޕީއެމްއިން އިސްތިއުފާދީ އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، އޭނާވަނީ މީގެކުރިން ޕީޕިއެމްގައި ހުރުމަށްފަހު ޖުމުހޫރީ ޕާޓީއަށް ސޮއިކޮށް އަނެއްކާ އަލުން ޕީޕީއާއި ގުޅިފައެވެ. އޭނާއަކީ މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ދެބެއިންގެ ދެދަރި ކޮއްކޮއެކެވެ.

ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ޕީޕީއެމްއިން ވަކިވެފައިވަނީ އާއިލީ މައްސަލަތަކަކާއި ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.