2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ވޯ 2″ ގެ ދެވަނަ ބައިގެ ބަތަލާ އަކީ ކިއާރާ އަދުވާނީ ކަމަށް ބޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
ރިޕޯޓް ތަށް ބުނާ ގޮތުގައި މި ރޯލު މިހާރު ވަނީ ކިއާރާ އަށް ހުށައަލައިފައިއެވެ. އަދި މި ފިލްމް އަށް ކިއާރާ އެއްބަސް ވާނެ ކަމާއި މެދުގައި ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށްވެސް ވެއެވެ. މީގެ އިތުރުން ކިއާރާވެސް މި ރޯލާ މެދުގައި ވަރަށް ހިތްހަމަ ޖެހިފައިވާ ކަމަށާއި ފިލްމް އަށް އާނ ބަސް ދޭނެ ކަމުގެ ޔަގީން ކަން ވަރަށް ބޮޑުކަމަށްވެސް ވެއެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ" އިން ކިއާރާ ފެނިގެންދާނެ ކަން ހަބަރުތަކުން ބުނި ކަމުގައިވީނަމަވެސް އަދި ރަސްމިކޮން އެކަން އިއުލާން ކޮށްފައިއެއް ނުވެއެވެ.
ލީޑުން ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް ފެނިގެން ދިއަ "ވޯ" އަކީ ވަރަށް ކާމިޔާބު ފިލްމްއެކެވެ. މި އެކްޝް ފިލްމްގެ ސީކުއަލް އިން ރިތިކް އާއި އެކުގައި ފެނިގެންދާނީ ސައުތުގެ މަޝްހުރު އެކްޓަރު އެންޓީއާރް ޖޫނިއާ ކަމަށް މިފަހުން ވަނީ މައުލޫމާތު ލިބިފައިއެވެ. އެއީ ފިލްމް "އާރްއާރްއާރް" ގެ އެއް ބަތޮލެވެ.
2019 ގައި ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދިން "ވޯ" ގެ ސީއެލްއެލްގައި މި ފަހަރު ރިތިކް ރޯޝަނާ އެކީ ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ ވެސް މުހިއްމު ރޯލެއް ކުޅޭނެ ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ އަޔާން މުކަރްޖީ ކަމަށެވެ. ނަމަވެސް ފިލްމް އިން ޓައިގާ ފެންނާނެ ތޯ ނުވަތަ ނޫންތޯ އަދި ކަށަވަރެއް ނުވެއެވެ.