ބްރިޖު މަސައްކަތުގައި އުޅުނު އިންޑިއާ މީހަކު މަރުވެއްޖެ

ބްރިޖު މަސައްކަތުގައި އުޅުނު އިންޑިއާ މީހަކު މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2023 05:01
0

ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތުގައި އުޅުނު އިންޑިއާ މީހަކު މަރުވެއްޖެއެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވި ގޮތުގައި ބިދޭސީ މީހާ މަރުވީ ހާޓް އެޓޭކެއް ޖެހުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އިއްޔެއެވެ.

ބިދޭސީ މީހާ ބަލިވެ އުޅޭތީ މަސައްކަތަށް ނުނެރޭ ކަމަށްވެސް ޖިނާން ވިދާޅުވިއެވެ. ބިދޭސީ މީހާ މަރުވުމުން ބްރިޖު މަސައްކަތްކުރާ މުވައްޒަފުން ހަމަނުޖެހުން ހިންގި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް ޖިނާން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޖިނާން ވިދާޅުވީ ބިދޭސީމީހާ މަރުވުމުން މަސައްކަތު މުވައްޒަފުންނަށް އިއްޔެ އާޢި މިއަދު ޗުއްޓީ ދީފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.