ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް

Author
މުޙައްމަދު ޝަޒައިމް
15 ޖޫން 2023 11:28
0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ވަޑައިގަންނަވަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

މީގެ ކުރިން ވެސް ރައީސް ވަނީ ދެ ފަހަރެއްގެ މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. މިފަހަރުގެ ދަތުރުފުޅަކީ ކޮންކަމާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.