ހއ އިން އދ ގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ މިއަދު ހަވީރު 16:00 ން ފެށިގެން މިރޭ 22:00 އަށް ހއ އަތޮޅުން ފެށިގެން އދ ގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށެވެ.
މެޓް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލު ބާރުމިނުގައި ވައިިޖެހި ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ވީމާ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.