ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމް އެނިމަލް" ކުރު ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.
މި ކުރު ވީޑިއޯ ކޮޅުން ފެނިގެން ދަނީ މޫނު މަތިތަކެއް އަޅައިގެން ތިބި ބަޔަކާއި ރަންބީރު ކުރިމަތި ލައި އެމީހުން ކޯރަޑިއަކުން ތަޅައި ތިރިކުރާތަނެވެ. މާބޮޑަށް ފިލްމްގައި ވާނުވާ މި ޓީޒާ އިން އެނގިގެންނުދެއެވެ.
ނަމަވެސް އެންމެ ފުރަތަމަ ދޫކޮށްލި ޕޯސްތަރުގައި ރަންބީރު ހުންނަނީ ކޯރަޑިއެއް ހިފައިގެންނެވެ. އޭނާގެ ގައިގައި ލޭތަކެއް ހުއްޓައިފެނެއެވެ. އަދި އޭނާ ހުންނަނީ އަރިމައްޗަކަށް ވާގޮތަށް ސިނގިރޭޓެއް ރޯކުރާށެވެ.
ޕޯސްޓަރާއި މިހާރު ދޫކޮށްލައިފައިވާ ކުރު ވީޑިއޯ ކޮޅާއި ވަރަށް ބޮޑަށް ގުޅެއެވެ. މި ފިލްމް އަކީ މިއަހަރުގެ އެންމެ އުންމީދީ އެއް ފިލްމްއެވެ. އަދި ހަމަ އެއާއި އެކުގައި ގިން ބަޔަކު އިންތިޒާރުވެސް ކުރަމުން އަންނަ ފިލްމްއެއް ވެސް މެއެވެ.
Presenting you the first look of ANIMAL. HAPPY NEW YEAR PEOPLE🙂 #RanbirKapoor #ANIMAL@AnilKapoor @thedeol @iamRashmika @tripti_dimri23 #BhushanKumar @VangaPranay @MuradKhetani #KrishanKumar @anilandbhanu @VangaPictures @Cine1Studios @TSeries @rameemusic @cowvala #ShivChanana pic.twitter.com/zrsyaXqWVx
— Sandeep Reddy Vanga (@imvangasandeep) December 31, 2022
ބަތަލާ އާލިއާ ބަޓްއާއި 2022 ވަނަ އަހަރުގެ އެޕްރިލް 14 ވުނަދުވަހުގައި ކައިވެނި ކުރި ފަހުން ރަންބީރު ބޮޑު ސްކްރީންއިން ފެނިގެންދާ ފުރަތަމަ ފިލްމް "އެނިމަލް" އަކީ ތަފާތު ފިލްމް އަކަށް ވާނެ ކަމަށް އަންނަނީ ބުނަމުނެވެ. އަދި މި ފިލްމްގައި ރަންބީރު ފެނިގެންދާނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ރޯލަކުން ކަމަށްވެއެވެ.
"އެނިމަލް" އަކީ 2019 ވަނަ އަހަރު ދެއްކި ކާމިޔާބު ފިލްމު، ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ތުރިލާއެކެވެ.
ލީޑުން ރަންބީރު އާއި އެކައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއެވެ. މީ ދެތަރިން އެކުގަިއ ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ ކާސްޓުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ. މި ފިލްމް ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޯގަސްޓް މަހު 11 ގައެވެ.
ކޮމެންޓު ފޮނުވާ