މާފަންު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ)

ކޮރަޕްޝަންގެ ފައިސާ އަމިއްލަ އެކައުންޓުން ސަރުކާރަށް ދެއްކިކަމަށް އެންގިން: ބޮންޑޭ

ކޮރަޕްޝަންގެ ފައިސާ އަމިއްލަ އެކައުންޓުން ސަރުކާރަށް ދެއްކިކަމަށް އެންގިން: ބޮންޑޭ

އަމިއްލަ އެކައުންޓުން ފުއްގިރިއަށް ދެއްކި ފައިސާގެ މައްސަލައިގަ އޭސީސީގެ ސަމާލުކަމަށް ގެނައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މަޝްވަރާގައި ބޮންޑޭ ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އިއްޔެ ބޭއްވި މިމައްސަލައިގެ އަޑު އެހުމުގައި ކުރީގެ ނައިބް ރައީސް އަދީބު ހެކިބަސް ދެއްވަމުން ވިދާޅުވީ އެންމެ ފުރަތަމަ ދުބާއީ ކުންފުނި ހިންގަމުން ދިޔަ ބާރުގަދަ އިންޑިއާގެ ވިޔަފާރިވެރިންތަކާ ފުރަތަމަ ބައްދަލުކުރެއްވި އިރު އެ ބައްދަލުވުމުގައި މެންބަރު ރަޝީދު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެ ބައްދަލުވުމުގައި މެންބަރު ރަޝީދު ބައިވެރިވެވަޑައިގަތީ ކޮން ހައިސިއްޔަތަކުންތޯ، ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް ސުވާލު ކުރެއްވިއެވެ. އެ ސުވާލުގެ ޖަވާބުގައި އަދީބު ވިދާޅުވީ ބޮންޑެ ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓެޓިވް ނުވަތަ މަންދޫބެއްގެ ގޮތުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ރަށުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެއްބަސްވި އަގަކީ 2.5 މިލިއަން ޑޮލަރެވެ. ނަމަވެސް ކްރިކް ރިޒާ މެދުވެރިކޮށް ފަހުން ގެންދިޔަ މަޝްވަރާތަކަށް ފަހު ހަތަރު ލައްކަ ޑޮލަރަށް ތިރިކުރަން ވެސް އެދުނު ކަމަށް އަދީބު ވިދާޅުވިއެވެ.

މިވާހަތަކާއި ގުޅިގެން ބޮންޑޭ ވިދާޅުވީ އޭނާގެ އެކައުންޓަކުން ފުއްގިރިއަށް ދެއްކި ފައިސާ (ކޮރޮސްޗެކް) އެސްއޯއެފްގެ އެކައުންޓަށް ސަރުކާރުން ޖަމާކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ސަރުކާރުން ހިޔާނަތްތެރިވި ކޮރަޕްޝަންގެ މައްސަލަ 2016 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެނެސް ވާނީ ބަޔާންދީފައި ކަމަށެވެ.

މިވަގުތު ޝަރީއަތުގަައި ކުރިއަށްދާ ފުއްގިރީގެ މައްސަލައިގައި އެ ބަޔާނަކީ ސަރުކާރުތެރޭން ބަޔަކު ކޮރަޕްޝަން ހިންގިކަމުގެ ކިތާބީ ހެއްކެއް ކަމަށާއި، އަދި އެފައިސާއަކީ ދައުލަތުގެ ފައިސާކަން ޔަގީންކޮށް ދިނުމަށްޓަކައި އޮޑިޓަރ ޖެނެރަލްއަށް އޭސީސީ މެދުވެރިކޮށް ސިޓީއެއްވެސް ވާނީ ހަވާލުކޮށްފައި ކަމަށެވެ. ޢެއީވެސް ކިތާބީ ހެއްކެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ސަރުކާރުން ހިޔާނާތްތެރި ވަމުންދާކަން ރައްޔިތުންނަށް ތިލަކޮށްދިނުމަށްޓަކައި ހަމަ އެދުވަސްވަރު މީޑިއާތަކުގައި ވެސް އެކިފަހަރު މަތީން ތަކުރާރުކޮށް މިވާހަކަތަައް ދައްކަވާފައިވަކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މި ކަލޭގެވެސް މީގޭން ލާރި ކައިގެންހުރެބާ މި އަނގަ ގަދަކުރަނީ.

Leave a Reply

Your email address will not be published. Required fields are marked *