ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުއާއި އެހެނިހެން އޮފިޝަލުންގެ ޤަދަރާއި ޢިއްޒަތައް އަރައިގަތުމުގެ ޖާގަ އެއްވެސް ވަރަކަށް ދެވިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއާއ،ި 70 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވާ ފަރާތް ކަމަށެވެ. އަދ،ި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނުގެ ހެދުމުގެ ޢާންމު ބާރުތަކުގެ ތެރޭގައި ގިނަ ވާޖިބުތަކަކާއި މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވާ ދައުލަތުގެ އެއްބާރުކަމަށެވެ.
ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ސީދާ ބާރު ލިބިގެން އެކުލަވާލައި ޢަމަލުކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކ،ީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވާ އަދި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބޭ ދީމިޤްރާޠީ އުސޫލުތައް އެކުލެވޭ ޖަވާބުދާރީވ،ާ ހާމަކަން ބޮޑު ގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާ އުސޫލުތައް އެކުލެވޭ ގަވާއިދެކެވެ. އަދި އެ ގަވާއިދަކ،ީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާބެހޭ އެންމަހައި ކަންކަމާއި މަޖިލީހުގެ އިދާރީ އެންމެހައި ކަންކަން ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެކެވެ.
އެހެންކަމުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަންކަން ކުރުމުގެ މުހިންމުކަމަށްޓަކައ،ި ޤާނޫނުއަސާސީއަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ރިޢާޔަތްކުރަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ރިޢާޔަތްކުރާއިރު ފާހަގަވާ އެއް ސިފައަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުއާއި ކައުންސެލް ޖެނެރަލަށް ދީފައިވާ މުސްތަޤިއްލުކަމެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ "ޤަދަރާއި ޝަރަފް" އަމީން ޢާންމު ހިފަހައްޓަންޖެހ،ޭ އަދި މަޖިލީހުގެ ގަވާއިދާ ގުޅޭގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހޭ ޚާއްޞަ ވަގުތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި ވާކަމަށެވެ. ޚާއްޞަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނުހުންނަ ޙާލަތުގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރަކާއ،ި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ވަގުތެކެވެ. އެފަދަ މައްސަލައެއް ލިބުމުނ،ް ކަންކަން ހިންގަންޖެހޭނެ އިޖުރާތުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަވޭ. އަދި އެގޮތްތައް ރައްޔިތުންގެ މަޖިލީހަށާއ،ި މަޖިލީހުގެ މެންބަރުންނަށް ބުނެދިނުމުގައި "ޤާނޫނީ ލަފައާއި ޤާނޫނީ އެހީތެރިކަން" ފޯރުކޮށްދެވެން އޮތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުނ،ް ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލަށް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވިޔަސ،ް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވިޔަސ،ް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަކުރުމުގެ ޤާނޫނީ އެހީތެރިކަމާއި މަޝްވަރާ ހޯދެން އޮތީ ކައުންސެލް ޖެނެރަލްގެ ކިބައިންކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބެލެމުން ވަރަށް ސާފުކޮށް އެނގޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އަދި ބައެއް މަޖިލީހުގެ މެންބަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އުފެދިފައި އޮތްނަމަވެސ،ް ޤާނޫނީ ދައުލަތެއް ހިންގުމަކީ ކޮންމެ ރައްޔިތެއްގެވެސް އަދި މަޖިލީހުގެ އެންމެ މެންބަރުންގެވެސް ވާޖިބެއް ކަމަށާއި، މަޖިލީހުގެ އަމީން ޢާންމުއާއި އެހެނިހެން އޮފިޝަލުންގެ ޤަދަރާއި ޢިއްޒަތައް އަރައިގަތުމުގެ ޖާގަ އެއްވެސް މިންވަރަކަށް ދެވިގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.