ރައީސް ނަޝީދު ޗާޓަށް އަނބުރާ ރުޖޫޢަވުމަށް ރޮޒޭނާ ގޮވާލައިފި

ރައީސް ނަޝީދު ޗާޓަށް އަނބުރާ ރުޖޫޢަވުމަށް ރޮޒޭނާ ގޮވާލައިފި

ރައީސް ނަޝީދު މިހާރު އަނެއްކާވެސް ހުންނެވީ ޗާޓުން ބޭރަށް ނިކުންނަވަފައި ކަމަށާއި، ޗާޓުގެ ތެރެެއަށް ވެންނެވުމަށް ރައީސް ނަޝީދަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހެޅި މަޖިލިސްގެ މަސައްކަތްތައް ހުއްޓިފައިވާ މިދަނޑިވަޅުގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ގިނަ މެމްބަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީގެ ތެރެއިން ރޮޒޭނާ ގެންދަވަނީ މިކަންބޮޑުވުން ވަރަށް ބޮޑަށް ފާޅު ކުރަމުންނެވެ.

ރޮޒޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވެރިކަން ވެއްޓުނީވެސް ޗާޓުން ބޭރަށް ނިކުންނެވުން ކަމަށާއި، އެފަހަރުވެސް ޗާޓުން ބޭރަށް ނިކުންނެވީ އަމިއްލަފުޅަށް ކަމަށެވެ. މިހާރުވެސް ފެނިގންދަނީ ރައީސް ނަޝީދު އަމިއްލަފުޅަށް މަޑުމަޑުން ޗާޓުން ބޭރަށް ނިކުމެ މަޖިލިސްވެ ހަމަ މަގުން ނެއްޓިފައިވާތަން ކަމަށެވެ. މިހެން މިކަން ނުކޮށް އަމިއްލަފުޅަށް ޗާޓުގެ ތެރެއަށް ވެންނެވުމަށް ރޮޒޭނާ ވަނީ ނަޝީދަށް ގޮވާލާފައެވެ.

އަބްދޯ ޤާޒީ މައްސަލާގައިވެސް ސަލާމަތް ނުވާ ހިސާބަށް ރައީސް ނަޝީދު އަމިއްލަފުޅަށް ވަޑައިގަތީ. މިއަދުވެސް މި ފެންނަނީ މަޖިލިސް ގަވާއިދާއި ޚިލާފަށް ކޮމެޓީތައް ހުއްޓުވާ، މަޖިލިސް މަސައްކަތް ހުއްޓޭ ހިސާބަށް ގެންގޮސް، އަނެއްކާވެސް ސަލާމަތްނުވާ ހިސާބަށް ދާތަން! ޗާޓަށް އަނބުރާ ރުޖޫޢަވުމަށް ގޮވާލަން.

– ރޮޒޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމެން ދިމާވި އެންމެ ބޮޑު ސަބަބަކީ ކްރިމިނަލްކޯޓުގެ އޭރުގެ އިސް ޤާޒީ ޤާނޫނާއި ޚިލާފަށް ޖަލަށްލައި ހިންގެވު ޢަމަލުތަކާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށްދިޔަ މުޒާހަރާތައް ކޮންޓްރޯލް ނުވެ ރައީސް ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރޮޒޭނާއަށް ކޮންވަރެއ މި އަރަނީ، ރޮޒޭނާއަކީ އަސްލު އެމްޑީޕީ މީހެއްވެސް ނޫން މާދުރުން ގޮސް ފުއްމާލައިގެން ފިތުނަ އުފައްދަން އުޅޭ މީހެއް، އެމްޑީޕީ ގަޑުބަޑު ކުރީ ރޮޒޭނާމެން، ޑީއާރުޕީ ތެރެއިންނާ ޕީޕީއެމް ތެރެއިންނާ އޭޕީ ގެ ތެރެއިން ފުއްމާލި ބައިގަޑެއް، ކޮޅުކޮޅަށް ދަމާ އެމްޑީޕީ ފުނޑު ފުނޑު ކޮށްފި.

Leave a Reply

Your email address will not be published. Required fields are marked *