މި މަހުގެ ދެވަނަ ދުވަހުގައި ރިލީޒް ކުރި ޒުވާން ދެތަރިން ކަމުގައިވާ ވިކީ ކޯޝަލް އާއި ސާރާ އަލީ ހާންގެ ފިލްމް "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
މި ފިލްމް އަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ ފިލްމްއެކެވެ. މި ފިލްމް އަކީ ލަކްޝްމަން އުޓެކަރް ޑައިރެކްޓް ކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.
އެ ފިލްމު މިހާރު ވަނީ ބޮކްސް އޮފީސް އާމްދަނީ 30 ކްރޯޑް ރުޕީސް ހުރަސްކޮށްފަ އެވެ. މިދިޔަ އަންގާރަ ދުވަހު އެކަނި ވެސް 3.8 ކްރޯޑް ރުޕީސް ލިބުނެވެ. އަދިވެސް ފިލްމް އޮތީ ސިނަމާގައި އެވެ.
#ZaraHatkeZaraBachke is not slowing down soon… Minimal decline on Day 5 [Tue] is a clear indicator that the content has struck a chord… Eyes ₹ 37 cr+ in *Week 1* 👍🏻👍🏻👍🏻… Fri 5.49 cr, Sat 7.20 cr, Sun 9.90 cr, Mon 4.14 cr, Tue 3.87 cr. Total: ₹ 30.60 cr. #India biz.… pic.twitter.com/sjN384h75b
— taran adarsh (@taran_adarsh) June 7, 2023
މި ފިލްމް އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން ދާއިރުގައި ފިލްމް ގައި ކިޔައިދެނީ އިންޑޯރް ސިޓީގައި ދިރިއުޅެމުންދާ ދެމަފިރިއެއް ކަމަށްވާ، ކަޕިލް (ވިކީ) އާއި ސޮމްޔާ (ސާރާ) ގެ ވާހަކަ އެވެ.
ސާރާގެ އެންމެ ފަހުގެ ފިލްމަކީ މާޗް މަހު ގެނެސްދިން މިސްޓްރީ ތުރިލާ "ގޭސްލައިޓް" އެވެ. ވިކީގެ އެންމެ ފަގެ ފިލްމަކީ ކޮމެޑީ ތުރިލާ "ގޯވިންދާ ނާމް މޭރާ" އެވެ. އެފިލްމް ގައި ވިކީ އާއި އެކުގައި ފެނިގެން ދިއައީ ކިއާރާ އަދުވާނީ އަދި ބޫމީ ޕޭޑްނޭކަރްއެވެ.