ގިނަ އަދަދެއްގެ ޑްރަގްސް އާއި އެކު މަރަދޫއިން 22 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ޑްރަގްސް އާއި އެކު މަރަދޫއިން 22 އަހަރުގެ މީހަކު ހައްޔަރުކޮށްފި

Author
އަޒްފާ ރަޝީދު
07 ޖޫން 2023 08:16
0

ގިނަ އަދަދެއްގެ ޑްރަގްސް އާއި އެކު އައްޑޫ ސިޓީ މަރަދޫން 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާއި ގުޅިގެން މީހަކު ބަލާ ފާސްކުރިއިރު އޭނާ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި މަރަދޫން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މަރަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.