ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވިނަމަވެސް ގާތް އެކުވެރިންނާއެކު މަސައްކަތް ނުކުރެވޭ ފަރާތްތަކަށް، ދެކޮޅުވެރިންނާއެކު އިސްލާހީ މަސައްކަޔް ނުކުރެވޭނެ ކަމުގައި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އެޕާޓީގެ ރައީސް މަޖިލިސް ރިޔާސަތުން ވަކި ކުރުމަށް ނިންމާފައިވަނިކޮށް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކުވެރިންނާއެކު މަސައްކަތް ނުކުރެވުނު ބަޔަކަށް ދެކޮޅުވެރިންނާއެކު އިސްލާހީ ހެޔޮ މަސައްކަތް ކުރެވިދާނެކަމަށް ގަބޫލު ކުރެވޭނެ ހަމައެއް ދުނިޔޭގެ ނޯންނާނެ ކަމުގައެވެ.
Baeh kankamugai khiyaalu thafaathuvumuge sababun,
Gaaiy ekuverinnaa eku masahkaiy nukurevey beyfulhun dhuru,dhekolhuverinnaa eku heyo,islaahee masahkatheh kureveyne kamah gaboolukurevy ehves hamayeh dhuniyeygai noannaane.— Imran Abdulla (@ShimranAb) June 6, 2023
ދެކޮޅުވެރިންނާއެކު އިސްލާހީ މަސައްކަތް ނުކުރެވޭނެކަމަށް އިމްރާން ވިދާޅުވެފައިވާއިރު، މަޖިލިސް ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމާއި އިދިކޮޅު ޕީޕީއެމްއިންވަނީ ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް އިދިކޮޅުގެ ޕީޕިއެމްގެ ގިނަ މަޖިލިސް މެމްބަރުން ފާއިތުވެދިޔަ ތަނުގައި ވިދާޅުވަމުން ގެންދަވާފައިވަނީ ނަޝީދު މަޖިލިސް ރިޔާސަތުން ދުރުކުރަން ޖެހޭ ކަމުގައެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ހިމެނޭގޮތުން މިހާރުވަނީ 54 މެމްބަރުންގެ ސޮއި ހަމަކޮށްފައިކަމަށް ބައެއް މެމްބަރުން ވަނީ މައުލޫމާތު ދީފައެވެ. އަދި މިއަދު ޕެޓިޝަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނެކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓު ފޮނުވާ