ފުލުހުންގެ އިދާރާއަށް ތަހުގީގީ ދާއިރާއިން އޮފިސަރުން ހޯދަނީ

ފުލުހުންގެ އިދާރާއަށް ތަހުގީގީ ދާއިރާއިން އޮފިސަރުން ހޯދަނީ

Author
އަޒްފާ ރަޝީދު
06 ޖޫން 2023 07:05
0

ފުލުހުންގެ އިދާރާއަށް ތަހުގީގީ ދާއިރާއިން އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ކުރި އިއުލާނެއްގައި ވަނީ ތިން މަގާމެއްގެ ތަހުގީގީ ދާއިރާއިން އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފައެވެ. އެއީ ސާޖަންޓު ގްރޭޑް 1 ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމާއި ސާޖަންޓު ގްރޭޑް 2ގެ އިސްވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގެ އިތުރުން ސީނިއަރ ސާޖަންޓު ގްރޭޑް 2ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމެވެ.

ފުލުހުން ކުރި އިއުލާނުގައި ވަނީ އެ މަގާމުތަކުގެ ޝަރުތުތަކާއި މުސާރައާއި އެހެނިހެން އިނާޔަތްތައް ބެހިގެންވާގޮތް ބަޔާންކޮށްފައެވެ.

މީގެއިތުރުން ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތައްވެސް އެ އިއުލާނުގައި ހިމަނާފައިވެއެވެ.

އެގޮތުން ތަޢުލީމީ ގޮތުން މަތީ ސަނަދު ހާޞިލްކޮށްފައިވާ ފަރާތްތަކާއި މީހުންހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް ޤާނޫނީގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް މި ޚިދުމަތުން ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނަށާއި ދިވެހި ފުލުޙުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދުތަކުގެ ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި، މިމުއައްސަސާގެ ޚިދުމަތް އަލަށް ޤާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ އިތުރުން ތަޙްޤީގް ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަން ދޭނެކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ވަޒީފާއަށް މީހުން ނެގުމުގައި ބަލާނެ ކަންތައްތައް:

  • – ބެކްގްރައުންޑް އެސެސްމެންޓް
  • – ފިޒިކަލް ފިޓްނަސް އެސެސްމަންޓް
  • – ފެތުމުގެ އެސެސްމަންޓް
  • – އެޕްޓިޓިއުޑް ޓެސްޓް
  • – އިންޓަރވިއު
  • – މެޑިކަލް އެގްޒަމިނޭޝަން

ފުލުހުންގެ އިދާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ވަޒީފާއަށް ކުރިމަތިލާން ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.