ޕާކިސްތާނުން ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޕާކިސްތާނުން ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

Author
އަޒްފާ ރަޝީދު
05 ޖޫން 2023 08:42
0

ޕާކިސްތާނުން ރާއްޖެއަށް ވައިގެ މަގުން އައި މީހެއްގެ އަތުން 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަތީ މިއަދު ޕާކިސްތާނުގެ ފައިސަލް އާބާދުން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހެން ފަސިންޖަރަކާއި މެދު ޝައްކު ކުރެވިގެން އޭނާއާއި ސުވާލުކޮށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އޭނާގެ އަތުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. މި ތަކެތީގެ ބަރުދަނުގައި 10.14 ކިލޯ ހުރި ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

ކަސްޓަމްސުން ބުނިގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކަސްޓަމްސް އިން ވަނީ އެ ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.