ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަކީ ހުވަދު އަތޮޅަށް ނިސްބަތްވާ މީހެއްކަން އެގުނީ އަދިކިރިޔާ ކަމަށާއި، އޭނާ ވަމުންދާ ޚިޔާނާތްތަކާއި ގުޅިގެން މަޤާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިނިސްޓަރ އަމީރު ދަނީ ބޮޑެތި އަދަދުތަކުން ދައުލަތަށް ޚިނާތް ވަމުންކަމަށެވެ. އަދި ހުދު އޭނާއަށްވެސް ވަރަށްބޮޑު ޚިޔާނާތެއް ވެފައިވާކަމަށް ވިދާޅުވެ ޖާބިރުވަނީ މިހާރުން މިހާރަށް މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. ޖާބިރު ވިދާޅުވީ ދައުލަތުގެ މާލީ އެންމެ ޒިންމާދާރު މަޤާމުގައި ހުންނަވާ ބޭފުޅާއަށްވާއިރު އެބޭފުޅާގެ ޚިޔާންތެރިކަން ބޮޑުވެގެން ދިއުމަކީ ނުހަނު ކަންބޮޑު ވާކަމެއްކަމަށެވެ.
މިވާހަކަ ދައްކަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. އިއްޔެ އަމީރު ކިޔާ މީހަކު ވައްކަން ކޮށްފި. އަމީރަކީ ހުވަދު އަތޮޅުން އައިސްސަ ހުރި ބޮޑުވަގެއް. އޭނާ މަޤާމުން ވަކިކުރުމުގެ ރަސްމީ ޒިންމާ އަޅުގަނޑު އުފުލައިފިން. މަށަކީ ހުވަދޫ މީހެއް. އޭނާ އަޅުގަނޑުމެންގެ ކޮންޓައިނަރުތައް ވިއްކައި، އިމްޕޯޓުކޮށްގެން ޔޮޓްޓުވާސް އިން ގެނައި17 ކޮންޓައިނަރު ވިއްކާލި ކަމުގެ ނަތީޖާއަކީ ވަޓަވައްރެހާ ނުހުޅުވި، ގައްދޫއިން ފިނޭންސް މިނިސްޓަރު އައިކަން އަދިކިރިޔާ އަޅުގަނޑަށް މިއެގުނީ.
– ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ ވަރަށްބޮޑަށް ކޯފާވެ ހުންނަވައި ރައީސް ޞާލިހު އަމީރު މަޤާމުން ވަކި ނުކުރައްވައިފިނަމަ ރައީސްގެ މައްސަލަ މަޖިލީހަށް ވައްދައިގެން ބަލާނެކަމުގެ އިންޒާރު ދެއްވާފައެވެ. ޖާބިރު ވިދާޅުވީ ޚިޔާނާތައް ތާއީދުކޮށް، ވައްކަން ފޮނުވާނަމަ އެކަމުގެ ވާހަކަ ދައްކައި، އެކަން ކުރާ މީހުން ޒިންމާދާރު ކުރުވާނެކަމަށެވެ.
އަމީރަށް ދަންނަވާ ވަގުތުން ވަގުތަށް އިސްތިއުފާދޭށޭ، ނޫނިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މައްސަލަ މިތަނުން ބަލާނަން. އަބްދުﷲ ޖާބިރު ވާހަކަ ދައްކަނީ މިގަޑީގަ.
– ޖާބިރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިސްތިއުފާއަށް ޖާބިރު މިއަދު ގޮވާލާފައިވާއިރު، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ފިނޭނެސް މިނިސްޓަރާއި ގުޅޭގޮތުން ނަރުހުންވެ އެކި ފަހަރުމަތީން ވަނީ ވާހަކަ ދައްކަވާފައެވެ.
ކޮމެންޓު ފޮނުވާ