ކުރީގެ ބަތަލާ ޕަރްވީން ބާބީގެ ރޯލަށް އުރްވަޝީ

ކުރީގެ ބަތަލާ ޕަރްވީން ބާބީގެ ރޯލަށް އުރްވަޝީ

ކުރީގެބޮލީވުޑްގެ މަޝްހޫރު ފިލްމީ ބަތަލާ ޕަރްވީން ބާބީގެ ހަޔާތުގެ މައްޗަށް ބިނާ ކޮށްގެން އުފައްދާ ބަޔޮޕިކްއަށް އޭނަގެ ރޯލު ކުޅެން ބަތަލާ އުރްވަޝީ ރޯޓޭލާ އަށް ފުރުސަތު ލިބިއްޖެ އެވެ.

ބޮލީވުޑްގައި މާ މަޝްހޫރު ނޫން ބަތަލާއެއް ކަމުގައިވާ އުރްވަޝީ އަށް މި ފިލްމް ލިބިފައިވާ ކަން އޭނާ ވަނީ ކަށަވަރު ކޮށްދީފައިއެވެ. މޮޑެލިންގް ދާއިރާއިން ހިންދީ ސިނަމާއަށް ތަޢާރަފްވި އުރްވަޝީ އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ބައޯޕިކް ވާނީ 2005 ގައި މަރުވެފައިވާ ބަތަލާ ފަހުރުވެރިވާނެ ފަދަ އެއްޗަކަށް ކަމަށެވެ.

މި ފިލްމްގައި ބޮޑަށް އަލިއަޅުވައިލައިފައިވަނީ ޕަރްވީން ހިންދީ ސިނަމާއަށް ކުޅެދީފައިވާ ކާމިޔާބު ރީތި ފިލްމް ތަކުގެ މައްޗަށް ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Urvashi Rautela (@urvashirautela)

ވަރަށް ސްޓައިލިޝް ބަތަލާއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބަތަލާ 2005 ވަނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހުގައި މަރުވީ އުމުރުން 50 އަހަރުގައިއެވެ.

ޕަރްވީން މަރުވެފައިވަނީ ހަށިގަނޑުގެ ގިނަ ގުނަވަންތައް ފެއިލްވެ އެކަމަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ޕަރްވީންގެ ފިލްމީ ކެރިއަރު 1972-1991 އާ ހަމައަށް ކުރިއަށް ދިޔަ އެވެ. ޕަރްވީން އަކީ ސިއްހީ އަދި ނަފުސާނީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓި، ވަރަށް ހިތްދަތިކޮށް ވަކިވެގެން ދިޔަ ބަތަލާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *