"ހަތުރޯން ކޭ ކިލާޅީ 13″ ގެ ޕްރޮމޯތަކެއް ދައްކައިލައިފި

"ހަތުރޯން ކޭ ކިލާޅީ 13″ ގެ ޕްރޮމޯތަކެއް ދައްކައިލައިފި

Author
ފާތިމަތު ނާވީ
05 ޖޫން 2023 01:31
0

ކަލާސް ޗެނަލް އިން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯވ ""ހަތުރޯން ކޭ ކިލާޅީ" ގެ 13ވަނަ  ސީޒަންގެ ޕްރޮމޯތަކެއް ދައްކާލައިފި އެވެ.

ޖުލައި 17 ގައި ގެނެސްދިނުމަށް ނިންމާފައިވާ މި ޝޯވ އަކީ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ ވަރަށް ވަރުގަދަ ޝޯވ އެކެވެ. މި ޝޯވ ގައި ފެނިގެން ދާނީ ސެލެބްރިޓީންނެވެ.

ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގައި ޝޫޓްކުރާ މި ޝޯވ ގައި ވަރުގަދަ ސްޓަންޓު ތަކެއް ފެނިގެންދާނެއެވެ. މީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ޝޯވ އެކެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

މި ޝޯ އަކީ އަބަދުވެސް އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު މޫނުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ޝޯއެކެވެ. މިދިޔަ އަހަރު ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ގެ އެންމެ ފަހުގެ ސީޒަން ކާމިޔާބުކޮށްފައި ވަނީ ކޮރިއޮގްރާފަރެއް ކަމަށްވާ ތުޝާރް ކާލިއާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.